May 30, 2026
Advertisement
ހުރިހާ ތަނަކަށް އަނގަ ކޮށްޕަމުން ދުވާ ޝިއުނާއަށް މުހައްމަދު އިސްމާއިލް ފެންވަރުގައި ދިފި
ހުރިހާ ތަނަކަށް އަނގަ ކޮށްޕަމުން ދުވާ ޝިއުނާއަށް މުހައްމަދު އިސްމާއިލް ފެންވަރުގައި ދިފި / ތޭރަގްރެފިކްސް

ހުރިހާ ތަނަކަށް އަނގަ ކޮށްޕަމުން ދުވާ ޝިއުނާއަށް، މުހައްމަދު އިސްމާއިލް ފެންވަރުގައި ދީފި

May 30, 2026, 08:31 PM
މާލެ ސިޓީ

ގައުމުގައި ހިނގާ ކޮންމެ ކަމެއްގެ މައުލޫމާތު އެނގޭ ކަމަށް ހެދިގެން އުޅޭ ރޯނު އެދުރެއްގެ ގިނަ ބަޔަކު ސިފަކުރާ، އެމްއޭސީއެލްގެ މަގާމެއް މިހާރު ހުރި މަރިޔަމް ޝިއުނާ ސައިޒްކޮށް، ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލްގެ ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވައިފިއެވެ.

Advertisement

މެމްބަރު މުހައްމަދުގެ ހޫނު ބަހުގެ ހަމަލާތަކެއް ޝިއުނާއަށް އަމާޒުކޮށްފައިވަނީ، ވިލިމާލޭގައި އީދު ފާހަގަކުރަން ރައްޔިތުން އެކުވެގެން ކުރިއަށް ގެންދިޔަ ހަރަކާތްތަކަކީ މުންކަރާތްތަކެއްގެ ގޮތުގައި ސިފަކޮށް މީސްމީޑީޔާގައި ޝިއުނާ އެކަމަށް ފާޑުކިޔުމުންނެވެ.

އެގޮތުން ޝިއުނާ މީސްމީޑީޔާގައި ވީޑއިޯއަކާ އެކު ކުރި ޕޯސްޓުގައި ބުނެފައިވަނީ، ކުރިމަތީގައި މިސްކިތެއް ހުއްޓާ، ލަވަޔާއި މިއުޒިކާއެކު 2 ޖިންސު މަސްހުނިވެގެން ޝައިޠާނުންތަކެއްގެ ސިފަޖެހިގެން ތިބެ ކުރަމުންދިޔައީ ވިޔާނުދާ ކަމެއް ކަމަށެވެ.

އެކަންކަން ސިޓީ ކައުންސިލާއި، ފުލުހުން އަދި ސަރުކާރުން އައިސް ނުހުއްޓުވި ނަމަވެސް އެކަންކުރަން ތިބި ބަޔަކަށްވެސް އެއީ ބޮޑުވެގެންވާ ފާފައެއްކަން ނުވިސްނޭތޯ އަހާ ޝިއުނާ ވަނީ މުއައްސަސާތަކުންވެސް މިފަދަ ކަންކަން ވަގުތުން ހުއްޓުވަންވެސްވާނެ ކަމަށް ބުނެފައެވެ.

ޝިއުނާގެ އެ ވާހަކައަށް ރައްދު ދެއްވާ މެމްބަރު މުހައްމަދު އޭނާގެ އެކްސްގައި ވިދާޅުވެފައިވަނީ، އެއީ މިސްކިތާ އެތައް ސަތޭކަފޫޓު ދުރުގައި ބަޔަކު ކުރިއަށް ގެންދިޔަ އިވެންޓެއް ކަމަށާ ނަމާދުގަޑި ތަކުގައި އީދުގެ އެއްވެސް ހަރަކާތެއް ވިލިމާލޭގައި ނުހިނގާނެ ކަމަށެވެ.

ޝިއުނާ މަސައްކަތްކޮށްފައިވަނީ، ރައްޔިތުންނަށް އޮޅޭ ގޮތަށް މައުލުމާތު ފޯރުކޮށްދޭން ކަމަށް ތުހުމަތު ކުރައްވާ މުހައްމަދު ވަނީ، ރައްޔިތުންނަށް އޮޅޭގޮތައް މައުލޫމާތު ފޯރުކޮށް ދިނުމަކީ ޒިންމާދާރު ގޮތެއްކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށް ވެސް ވިދާޅުވެފައެވެ.

ހަމަ އެހެންމެ ވިލިމާލެ ރައްޔިތުންނަކީ ހެޔޮބަސްއަހާ ހެޔޮބަސް ގަބޫލުކުރާ އިސްލާމް ދީނުގެ ކަންކަމަށް އިސްކަންދޭ ރައްޔިތުންތެކެއް ދިރިއުޅޭ އަމާން ފަސްގަނޑެއްކަން ފާހަގަކުރައްވާ މެމްބަރު ވަނީ، ސިޔާސީ މަގުސަދެއް ހާސިލްކުރަންވިޔަސް ދައްކަންވާނީ ހަމަޖެހޭ ވާހަކަ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ކިތަންމެ ދުރުގައި ކުޅިވަރެއް ކުޅުނަސް މިސްކިތް އަރާގޮތަށް ފޮޓޯ ނެގިދާނެ ކަން ފާހަގަކުރައްވާ މެމްބަރު ވަނީ ދެޖިންސު މަސްހުނިވެގެން ކުރިއަށްގެންދާ އިވެންޓުތައް ދެޖިންސު ވަކިވަކިން ކުރިއަށް ގެންދިއުމަށް ނަސޭހަތްތެރިވެފައިވެއެވެ.

މެމްބަރުގެ އެ ރައްދާއެކު ޝިއުނާ އިތުރު ޕޯސްޓެއް އެކްސްގައި ކޮށް ބުނެފައިވަނީ، އެ ޕޯސްޓަކީ ސިޔާސީ މަގްސަދެއް ހާސިލްކުރަން ކުރި ޕޯސްޓެއް ނޫން ކަމަށާ އެ އިވެންޓުގެ ތެރެއިން މިސްކިތް އެތަނުގައި ފެންނަން ހުރުމުން އެކަން ކުށްވެރިކުރީ ކަމަށެވެ.

އޭނާ ކޮންމެ އީދެއްގައިވެސް މުންކަރާތްތަކާ ދެކޮޅު ހަދާ ކަމަށް ބުނެ ޝިއުނާ ވަނީ ގޯސް ވާނީ ގޯހަށް ކަމަށް ވެސް ބުުނެފައެވެ.

ޝިއުނާގެ އެ ވާހަކައަށް އަނެއްކާވެސް ރައްދު ދެއްވާ ވިލިމާލެ ދާއިރާ މެމްބަރު މުހައްމަދު ވަނީ، ސަރުކާރުގެ މަގާމުތަކުގައި ތިއްބަވައިގެން،  ރަށްރަށުގެ ރައްޔިތުންގެ ފެންވަރުގައި ފާހަގަ ކުރަމުންދާ މިފަދަ ހަފްލާތަކުގެ ވާހަކަތައް ޒިންމާދާރު ކަމާއެކު ސޯޝަލް މީޑިޔާގައި ފެތުރުމަށް ގޮވާލާފައެވެ.

ސަރުކާރު ނިސްބަތްވާ ޕީއެންސީގައި ނުހަނު ހަރަކާތްތެރި ދެ މިހެއްގެ ދެމެދުގައި މީސް މީޑިޔާގައި މިފަދަ ޒުވާބެއް ފެނުމުން ދޭހަވެގެން ދަނީ އެތެރޭގައި ކޮންމެ ވެސް ވަރެއްގެ ރެނދެއް ލާފައިވާކަން ކަމަށް އާންމުން ދަނީ މީސް މީޑީޔާގައި ކިޔަމުންނެވެ.

ޝިއުނާއަކީ ސަރުކާރުގެ ދިފާއުގައި ކަމަށް ބުނެ މުޅި މީސްމީޑިޔާގައި އާންމުންނާ ކުރިމަތިލާ ޒުވާބުކުރުމުގައި މަޝްހޫރު މީހެކެވެ. މޫނު ނިވާ ކޮށްގެން ހުރެ އޭނާ ދަނި އެކި ނަންނަމުގައި ނޫސްތަކާ ބްލޮގްތައް ހަދާ މީހުންގެ އަބުރު ކަތިލާ ހަގީގަތާ ޚިލާފު އެތައް ވާހަކައެއް ފަތުރަމުންނެވެ.

ގިނަ މީހުން ޝިއުނާ ސިފަކުރަނީ ވެސް ހުރިހާ ކަމަކާ ބެހޭ މީހެއްގެ ގޮތުގައެވެ.

އޭނާވަނީ، ނައިބު ވަޒީރުގެ މަގާމުގައި ހުރެ އަވައްޓެރި ގައުމެއްގެ ބޮޑު ވަޒީރަށްވެސް ހަޖޫ ޖަހާ ޕޯސްޓުތައް ކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved