May 30, 2026
Advertisement
ވެމްކޯގެ މެނޭޖަރެއްގެ މަގާމުގައި ހުރި ފަޒްލާ، ޕީއެންސީއިން ވަކިވެއްޖެ!
ވެމްކޯގެ މެނޭޖަރެއްގެ މަގާމުގައި ހުރި ފަޒްލާ، ޕީއެންސީއިން ވަކިވެއްޖެ! / ސޯޝަލް މީޑިއާ

ވެމްކޯގެ ޖެނެރަލް މެނޭޖަރެއްގެ މަގާމުގައި ހުރި ފަޒްލާ، ޕީއެންސީއިން ވަކިވެއްޖެ!

May 30, 2026, 08:54 PM
މާލެ ސިޓީ

ވެމްކޯގެ ޖެނެރަލް މެނޭޖަރެއްގެ މަގާމުގައި ހުރި ފާތިމަތު ފަޒްލާ، ސަރުކާރު ހިންގާ ޕާޓީގެ މެމްބަރުން ކަމުން ވަކިވެއްޖެއެވެ.

Advertisement

ފަޒްލާ ސޯޝަލް މީޑިޔާގައި ކުރި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ޕީއެންސީގެ މެމްބަރުން މަޖިލީހުގެ (ސެނެޓް/ކައުންސިލް) މެމްބަރުކަމުންނާއި ޕީއެންސީގެ މެމްބަރުކަމުން މިއަދުން ފެށިގެން އާނާ ވަކިވެފައިވާ ކަމަށެވެ. ނަމަވެސް ވަކިވި ސަބަބެއް ހާމަކުރައްވާފައިނުވެއެވެ.

ފަޒްލާގެ މިފަދަ ނިންމުމެއް އައިސްފައިވާއިރު، ފަޒްލާއަކީ މި ސަރުކާރު ގެންނަން ވެސް އަދި ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަންވެސް އޭރު މަގުތައް މަތީ ކުރި އިހުތިޖާޖުތަކުގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅެކެވެ. އަދި ޖަލުގައިވެސް އެތައް ދުވަހެއް އެކަމުގެ ތެރޭގައި ހޭދަ ކުރައްވާފައިވެސް ވެއެވެ.

ޕީޕިއެމް/ޕީއެންސީގެ ތެރެއިން ސަރުކާރު ގެންނަން މަސައްކަތްކުރި ގިނަ ބަަޔަކު މިހާރު ސަރުކާރާ މެދު ނުރުހި ނާއުއްމިދުވެ ފެއަށް ޖެހެމުންދާ މަންޒަރު ފެންނަމުން ދެއެވެ. އެގޮތުން ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސް މުހައްމަދު މުއިއްޒުގެ ޕީއޭއަކަށް ހުންނެވި އިބްރާހިމު ސަނާހުވެސް ވަނީ އެ ޕާޓީގެ ކައުންސިލް މެމްބަރުކަމުންނާ ޕާޓީގެ މެމްބަރުކަމުން ވެސް ވަކިވާން މީގެ ކުރިން ހުށަހަޅާފައެވެ. ނަމަވެސް އެ ޕާޓީއިން އެކަން ގަބޫލުކޮށްފައިނުވާކަމަށް ވެއެވެ.

ފަޒްލާގެ ވަކިވުން ގަބޫލުކޮށް މިހާރު ޕާޓީގެ ރަސްމީ ގްރޫޕުތަކުން ވެސް އޭނާ ނެރެލާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިސަރުކާރު އައިސް ޕީޕީއެމް އުވާލުމާ ހަމައަށް ފަޒްލާ ހުރީ ޕީޕީއެމްގެ ސެނެޓަރެއްގެ ގޮތުގައެެވެ. 7 އަހަރަށް ވުރެ ގިނަ ދުވަހު ސެނެޓުކަމުގައައާއި ޕާޓީގެ އިޚްލާސްތެރި މެމްބަރެއްގެ ގޮތުގައި ހުރި ފަޒްލާގެ ކުއްލި ނިންމުމާ އެކު ގިނަ ބަޔަކު ގެންދަނި އެ ނިންމުން ނިންމި ސަބަބާ މެދު ސުވާލު އުފައްދަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved