April 22, 2026
Advertisement
-
- / އިންޑިއަން އެކްސްޕްރެސް

"އައި ލަވް މުޙައްމަދު" ނަމުގައި ގުޖްރާތުގައި މުސްލިމުން ކުރިއަށް ގެންދިޔަ މުޒާހަރާގައި ގިނަ ބަޔަކު ހައްޔަރުކޮށްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 25, 2025, 07:58 PM
މާލެ ސިޓީ

ގުޖުރާތުގެ ގޯދްރާގައި ސުލްހަވެރި މުޒާހަރާއެއްގައި ބައިވެރިވި 17 މުސްލިމަކު އިންޑިއާގެ ފުލުހުން ހައްޔަރުކޮށްފި އެވެ.

Advertisement

ރިޕޯޓުތައް ބުނާ ގޮތުން 88 މުސްލިމުންގެ މައްޗަށް ވަނީ ގަވާއިދާ ހިލާފަށް އެއްވެ އުޅުމުގެ ދައުވާ އާއި އާންމު އަމަންއަމާންކަން ގެއްލުވާލުމުގެ ދައުވާ ކޮށްފަ އެވެ.

މި ފަރާތްތައް ހައްޔަރުކޮށްފައިވަނީ ނަބިއްޔާ صلى الله عليه وسلم އިޚްލާސްތެރިކަން ފާޅުކުރުމުގެ ގޮތުން ގުޖުރާތުގެ މުސްލިމުން ކުރިއަށް ގެންދިޔަ މުޒާހަރާގައި "އައި ލަވް މުހައްމަދު" ޖަހާފައި ހުރި ޕޯސްޓަރުތައް ބޭނުންކުރުމުންނެވެ. ނަމަވެސް މުޒާހަރާ ކުރުމުގެ ހުއްދަ ދިނުމުގެ ބަދަލުގައި ކަމާ ބެހޭ ފަރާތްތަކުން ވަނީ ގިނަ ބަޔަކު ހައްޔަރު ކޮށްފަ އެވެ.

ގިނަ ބަޔަކު ދެކޭ ގޮތުގައި މިއީ އިންޑިއާގައި މުސްލިމުންނާ މެދު އޮތް ނަފްރަތު އިތުރުވަމުންދާ ކަމުގެ އިތުރު މިސާލެކެވެ. ފާޑުކިޔާ މީހުން ބުނާ ގޮތުގައި ސުލްހަވެރި ދީނީ އަޅުކަންތައް ވެސް ސަރުކާރުން ނަގަނީ ޖިނާއީ ދައުވާތައް އުފުލުމުގެ ސަބަބެއްގެ ގޮތުގަ އެވެ.

އިންސާނީ ހައްގުތައް ބަލަހައްޓާ ފަރާތްތަކުން ބުނާ ގޮތުގައި މިއީ އިންޑިއާގެ މިހާރުގެ މާހައުލުގައި ތަފާތުކުރުން ގެންގުޅޭ މިންވަރު ދައްކުވައިދޭ ކަމެކެވެ. ގޯދްރާގައި މުސްލިމުން ހައްޔަރު ކުރުމުގެ ސަބަބުން އިންޑިއާގެ މޯދީ ސަރުކާރުން މުސްލިމުންނާ މެދު ހަމަހަމަ ނޫން އަމަލުތަކެއް ހިންގުމާއި، އެއްވެސް ބިރެއް ނެތި ދީނީ ޝަޚްޞިއްޔަތު ފާޅުކުރުން މަނާކުރުން ވަނީ ފާހަގަކޮށްފައެވެ.

އިންޑިއާގެ މުސްލިމް ޖަމާއަތްތަކުން ވަނީ އިންސާފު ހޯދައި، އިންސާފުވެރި ތަހުގީގެއް ހިންގުމަށާއި، ގައިދީން ދޫކޮށްލުމަށް ގޮވާލައިފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved