April 22, 2026
Advertisement
-
- / ޓައިމްސް އޮފް އިންޑިއާ

"ހަލާލް" ސެޓިފައިޑް އެއްވެސް އެއްޗެއް އިންޑިއާގައި ބޭނުން ކުރުމާއި ވިއްކުން މަނާކުރަނީ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 26, 2025, 02:50 PM
މާލެ ސިޓީ

އުއްތަރު ޕްރަދޭޝްގެ ޗީފް މިނިސްޓަރު ޔޯގީ އަދީއްޔާނާތު އިންޑިއާގައި ހަލާލު ކާނާ އިންޑިއާގައި މަނާކުރުމަށް ގޮވާލާފިއެވެ.

Advertisement

އޭނާ ވަނީ ހަލާލް ސެޓްފިކެޓުން ލިބޭ ފައިސާ ޓެރަރިޒަމް އާއި މަޖުބޫރުކޮށްގެން އިސްލާމްވުމަށް ބޭނުން ކުރަމުންދާ ކަމަށެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިއީ މުސްލިމުންނާ ދެކޮޅަށް ނަފްރަތު އުފެއްދުމާއި މުސްލިމުންގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް ދައްކާ ވާހަކަތަކެވެ.

މުސްލިމް ޖަމާއަތްތަކާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ވަނީ މި ޔޯގީގެ މި ވާހަކައަށް ވަރަށް ބޮޑަށް ކުށްވެރިކޮށް، މިއީ އިންޑިއާގެ ވެރިކަންކުރާ ޕާޓީ ބީޖޭޕީން އިސްލާމީ ސަގާފަތާއި ވިޔަފާރިތަކަށް އަމާޒުކޮށްގެން މުސްލިމުންނަށް ދުއްތުރާ ކުރުމަށް ކުރަން އުޅޭ ކަމެއް ކަމަށް ބުނެފައެވެ.

މުސްލިމުންނަށް "ހަލާލު" ކާނާ ކެއުމަކީ އެއީ އެއްވެސް ސިޔާސީ އެޖެންޑާއެއް އޮތް ކަމެއް ނޫން ކަމަށާއި އެއީ މުސްލިމުންގެ އަޤީދާއާއި ސަގާފަތް ކަމަށްވެސް މުސްލިމް ޖަމާއަތްތަކުން އަންނަނީ ބުނަމުންނެވެ. އަދި މިފަދައިން އިންޑިއާގެ މޯދީ ސަރުކާރުން ކޮށްފިނަމަ އެއީ ހުރިހާ މުސްލިމުންނަށް ދެވޭ ވަރުގަދަ ހަމަލާއެއްގެ ގޮތަށް އަންނަނީ ސިފަކުރަމުންނެވެ.

މިއީ ސީދާ މުސްލިމުންނާ ދެކޮޅަށް އިންޑިއާއިން ފިޔަވަޅުތައް އަޅާ ފުރަތަމަ ފަހަރެއް ނޫނެވެ. ސްކޫލްތަކުގައި ހިޖާބު (ބުރުގާ) މަނާކުރުމުން ފެށިގެން މުސްލިމުންގެ ގެތައް ތަޅާލުމާއި ހަލާލު މަސް ވިއްކުން ހަނިކުރުމާ ހަމައަށް، ސިޔާސީ މަންފާއަށް ދީން ބޭނުން ކުރާ ކަމަށް އެތައް ފަހަރަކު މޯދީ ސަރުކާރުން ވަނީ ތުހުމަތުކޮށްފަ އެވެ. އިންޑިއާގެ މުސްލިމުންނަށް މިހާރުވެސް ވަޒީފާއާއި ބޯހިޔާވަހިކަމާއި ތައުލީމީ ގޮތުން ތަފާތުކުރުންތައް ކުރިމަތިވެފައިވާއިރު އަދި މިފަދަ މަނާކުރުމުގެ ސަބަބުން އެމީހުންގެ ދިރިއުޅުން އިތުރަށް ދަތިވެގެންދާނެއެވެ.

މީގެ އިތުރުން އެއްބައިވަންތަކަން ކުރިއެރުވުމުގެ ބަދަލުގައި އިންޑިއާގެ ލީޑަރުން ދަނީ ދީނުގެ ގޮތުން މީހުން ބައިބައި ކުރަމުން ކަމަށް ގިނަ ގައުމުތަކުންވެސް ދެކެއެވެ. ގިނަ މީހުން ފާހަގަކުރާ ގޮތުގައި ބީޖޭޕީ ސަރުކާރުން ގިނަ ފަހަރަށް އިޖުތިމާއީ އަދި ސަލާމަތީ މައްސަލަތަކުގައި މުސްލިމުންގެ ބޮލުގައި ތުހުމަތު އަޅުވާއިރު އިންޑިއާގެ ފަގީރުކަމާއި ވަޒީފާ ނެތުމާއި ކޮރަޕްޝަން މައްސަލަތަކަށް އެއްވެސް ހައްލެއް ހޯދައިނުދީ، އަޅާނުލާކަން ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved