April 23, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ޣައްޒާގެ އަމަން ބަލަހައްޓަން ޕާކިސްތާން ސިފައިން ހަވާލުވާކަމަށް ސަހްޔޫނީ މީޑިއާއިން ރިޕޯޓްކޮށްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 28, 2025, 06:54 PM
މާލެ ސިޓީ

ސަހްޔޫނީންގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޕާކިސްތާނުން ވަރަށް އަވަހަށް ޣައްޒާގެ އަމަން ބެލެހެއްޓުމަށް ޕާކިސްތާނުގެ ސިފައިން ފޮނުވަން ނިންމައިފައިވާ ކަމަށެވެ.

Advertisement

މި މިޝަންގެ ބޭނުމަކީ ޣައްޒާގައި ސުލްހަ ގާއިމުކޮށް، ޣައްޒާގެ އާންމު ރައްޔިތުން ސަހްޔޫނީންގެ ކިބައިން ހިމާޔަތް ކުރުމަށާއި، އެތަކެއް އަހަރުވީ ހަނގުރާމަ މިހާރު ހުއްޓާލުމާއިއެކު އަލުން ޣައްޒާ އާރާސްތުކުރުމަށް އެހީތެރިވެދިނުމެވެ.

ޕާކިސްތާނުން މިކަން ރަސްމީކޮށް ކަށަވަރު ކޮށްދީފައި ނުވި ނަމަވެސް، މައުލޫމާތު ލިބިފައިވާ ގޮތުގައި ޕާކިސްތާނުގެ ސަރުކާރުން ދަނީ ބައިނަލްއަގުވާމީ ބައިވެރިންނާ ގުޅިގެން އެ ޕްލޭނާ މެދު ވިސްނަމުންނެވެ.

ޕާކިސްތާނު ސިފައިން ފޮނުވުމުގެ "ކޮންސެޕްޓް" ސަހްޔޫނީން އުފައްދާފައި މިވަނީ ޣައްޒާއަށް އުމްރާނީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބި ޣައްޒާ ހަމައަކަށް އެޅުވުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތައް އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ. އިންޑޮނޭޝިއާ އާއި އަޒަރުބައިޖާން ފަދަ ގައުމުތަކަކީ ވެސް މަލްޓިނޭޝަނަލް ފޯސްގެ ބައިވެރިންގެ ގޮތުގައި ބެލެވިދާނެ ކަމަށް ސަހްޔޫނީން ބުނެފައިވެއެވެ.

ޕާކިސްތާނުން ފަލަސްތީނުގެ ހައްގުގައި ދެމިތިބޭ މިންވަރު ހާމަކޮށްދެމުން އަންނައިރު، މުސްލިމް ދުނިޔޭގައި ޕާކިސްތާނުގެ ނުފޫޒު އަންނަނީ ވަރުގަދަވަމުންނެވެ. ފަލަސްޠީނުގެ ރައްޔިތުންނަށް އިންސާފާއި މިނިވަންކަން ހޯދައިދިނުމަށް ވަކާލާތުކޮށް، އަޚްލާޤީ، ސިޔާސީ އަދި ޑިޕްލޮމެޓިކް ރޮނގުން ޕާކިސްތާނުން އަބަދުވެސް ފަލަސްޠީނަށް ވާގިވެރިވަމުން އަންނަތާ އެތައް އަހަރެއް ވެއްޖެއެވެ. މިފަދަ ހަރަކާތެއްގައި ބައިވެރިވުމަކީ ޒިންމާދާރު އަދި ސުލްހައަށް އިސްކަންދޭ ގައުމެއްގެ ގޮތުގައި ބައިނަލްއަގުވާމީ ފެންވަރުގައި ޕާކިސްތާނުގެ ނަން އިތުރުވެ، މުސްލިމް އެހެން ގައުމުތަކުން ޕާކިސްތާން ނަމޫނާއަކަށް ބަލަން ޖެހޭ ސަބަބެކެވެ.

ޣައްޒާއަށް ބައިނަލްއަގްވާމީ އެހީތެރިކަން ލިބެމުން އަންނާތީ ސަހްޔޫނީން އަންނަނީ ކަންބޮޑުވަމުންނެވެ. ސުލްހައިގެ އެއްބަސްވުމުގެ ދަށުން ހަނގުރާމަ ހުއްޓާލާފައިވީ ނަމަވެސް ސަހްޔޫނީން އަދިވެސް ހަމަލާދެމުންދާ ކަމަށް ރިޕޯޓްތަކުން ހާމަވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved