April 23, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ދޮގު ތުހުމަތުތަކެއް އަޅުވާ ސަހްޔޫނީން ޣައްޒާއަށް ހަމަލާދޭން ފަށައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 29, 2025, 02:12 PM
މާލެ ސިޓީ

ސަހްޔޫނީން ވައިގެ މަގުން ޣައްޒާއަށް ހަމަލާތައް ދެމުންދާ ކަމަށް ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

Advertisement

ސަހްޔޫނީން މިރޭ ޣައްޒާއަށް ހަމަލާތައް ދޭން ފަށާފައިވަނީ އެއްބަސްވުމާއި އެއްގޮތަށް ހަމާސްއިން އަސީރުން މިނިވަން ކުރަމުން ގެންދަނިކޮށް، އަސީރުން ސަހްޔޫނީންނާއި ހަވާލުކުރި ހަށިގަނޑެއްގެ ބަޔަކީ އެއީ މީގެ ދެ އަހަރު ކުރިން މަރާލާފައިވާ، ސަހްޔޫނީންނަށް ފެނިފައިވާ މީހެއްގެ ހަށިގަނޑު ކަމަށް ތުހުމަތުކޮށެވެ.

ނަމަވެސް އޮކްޓޯބަރު 10 ވަނަ ދުވަހު ސުލްހައިގެ އެއްބަސްވުމުގައި ސޮއި ކުރި ފަހުންވެސް ސަހްޔޫނީން ވަނީ ޣައްޒާއަށް އެކި ފަހަރު މަތިން ހަމަލާދީ އެހީ ފޯރުކޮށްދިނުމަށްވެސް ހުރަސްއަޅާފައެވެ.

ސަހްޔޫނީން ކުރި މިތުހުމަތާއި އެކީ ސަހްޔޫނީންގެ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫ ވަނީ ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދޭން އަމުރުކޮށްފައި ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ. އަދި ސަހްޔޫނީ ސިފައިން މިވަގުތު ދަނީ ޣައްޒާއަށް އެއްގަމުން މަގުންނާއި ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.

ސަހްޔޫނީން ހަމަލާތައް ދެމުންދަނީ ޣައްޒާ ރައްޔިތުން އެނބުރި އެމީހުންގެ ވަަޒަނަށް ގޮސް ޣައްޒާގައި އެމީހުންގެ ދިރިއުޅުން އަލުން އާބާދުކޮށް އާރާސްތުކުރުމަަށް މަސައްކަތް ކުރަމުން ދާ ދަނޑިވަޅެއްގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved