April 23, 2026
Advertisement
-
- / ސޯޝަލް މީޑިއާ

"ހަލާލް ސެޓިފިކޭޝަން" އާ ބެހޭ ގޮތުން ޔޯގީ އަދްޔަނާތު ދެއްކެވި ވާހަކައަށް ބޮޑެތި ފާޑުކިޔުން އަމާޒުވެއްޖެ!

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 29, 2025, 06:26 PM
މާލެ ސިޓީ

އިންޑިއާގެ މުސްލިމުންނަށް ދުއްތުރާކުރުމުގެ ބޭނުމުގައި "ހަލާލް" ސެޓްފިކެޓް ނުވަތަ ލޭބަލް ޖަހާފައި ހުންނަ ކާބޯތަކެތި ވިއްކުން މަނާ ކުރުމަށް އިންޑިއާގެ އުއްތަރަ ޕްރްދޭޝްގެ ޗީފް މިނިސްޓަރު ޔޯގީ އަދްޔަނާތް ގޮވާލުމާއިއެކު ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

Advertisement

ޔޯގީ ބުނީ އެ ލޭބަލްތަކަކީ ކޮންމެހެން ބޭނުންތެރި ލޭބަލްތަކެއް ނޫން ކަމަށާއި އޭނާގެ ބީޖޭޕީ ސަރުކާރުން އެ ލޭބަލްތަކާ ދެކޮޅު ކަމަށެވެ. އޭނާގެ މި ވާހަކަތަކަށް އިދިކޮޅު ޕާޓީތަކާއި އިޖްތިމާއީ ޖަމިއްޔާތަކުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.

ސަމާޖްވާދީ ޕާޓީ އާއި ކޮންގްރެސް އިން ތުހުމަތު ކުރާ ގޮތުގައި އަދްޔަނާތު މަސައްކަތް ކުރައްވަނީ ދީނީ ބައިބައިވުންތައް އުފައްދައި އިންޑިއާގައި މައިގަނޑު ގޮތެއްގައި މީހުން ޝަކުވާ ކުރަމުން އަންނަ ވަޒީފާ ނުލިބޭ މައްސަލަތަކާއި އަގުތައް މަތިވުން ފަދަ މުހިންމު މައްސަލަތަކުން މީހުންގެ ސަމާލުކަން އެހެން ދިމާލަކަށް އަނބުރާލުމަށެވެ. އެ ބޭފުޅުން ވިދާޅުވާ ގޮތުގައި ހަމަނުޖެހުން އުފެދޭ ފަދަ ވާހަކަތައް ދެއްކުމުގެ ބަދަލުގައި ރައްޔިތުންގެ ދިރިއުޅުން ރަނގަޅު ކުރުމަށް މޯދީ ސަރުކާރުން އިސްކަން ދޭން ޖެހޭ ކަމަށެވެ.

މީގެ އިތުރުން، ގިނަ ކުންފުނިތަކުން އެމީހުންގެ އުފެއްދުންތައް އިންޑިއާ އާއި ބައިނަލްއަގުވާމީ ފެންވަރުގައި މާކެޓް ކުރުމަށް ހަލާލް ސެޓިފިކޭޝަނަށް ބަރޯސާ ވާތީ މި ވާހަކަތަކުގެ ސަބަބުން ޚާރިޖީ ގުޅުންތަކާއި ވިޔަފާރީގެ ގުޅުންތަކަށް އަސަރު ކުރާނެ ކަމަށް ބައެއް ސިޔާސީ ތަޖުރިބާކާރުން ބުނެ އެވެ.

އިންޑިއާގެ މޯދީ ސަރުކާރަކީ އަބަދުވެސް އިންޑިއާގައި ދިރިއުޅޭ މުސްލިމުންނަށް އުނދުގޫކޮށް އަނިޔާވެރިވަމުން އަންނަ ބަޔެކެވެ. މިގޮތުން މޯދީ ސަރުކާރަކީ މުސްލިމުން މަރަން ސަހްޔޫނީންނަށް ހަތިޔާރު ފޯރުކޮށްދީ އިންޑިއާ ސިފައިން ބައިވެރިކުރުވަމުން އަންނަ ސަރުކާރެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved