March 10, 2026
Advertisement
-
- / ބީބީސީ

އެމެރިކާއިން ވެނެޒުއޭލާއަށް ހަމަލާދޭން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 1, 2025, 09:17 AM
މާލެ ސިޓީ

އެމެރިކާއިން ވެނެޒުއެލާއަށް އަސްކަރީ ހަމަލާއެއް ދިނުމަށް ރާވަމުން އަންނަ ކަމަށް  ރިޕޯޓްތަކުން ބުނެފިއެވެ.

Advertisement

މި ރިޕޯޓްތަކާއި ގުޅިގެން ބައިނަލްއަގްވާމީ ކަންބޮޑުވުންތަކެއް އުފެދިފައިވީ ނަމަވެސް އެމެރިކާގެ އޮފިޝަލުން ވަނޫ އެއްވެސް ހަމަލާއެއް ރޭވިފައި ނުވާ ކަމަށާއި ހަމަލާއެއް ދިނުމަށް ހުއްދަ ދީފައި ނުވާ ކަމަށް ބުނެފައެވެ.

މި އަޑުތައް ފެތުރެން ފެށީ ކެރިބިއަން ކަނޑުގެ ކައިރީގައި އެމެރިކާގެ އަސްކަރީ ހަރަކާތްތައް އިތުރުވެ ވޮޝިންޓަނާއި ކަރަކަސްއާ ދެމެދު ކުރިމަތިލުންތަކެއް ކުރިމަތިވެދާނެ ކަމުގެ ބިރު އުފެދިގެން ކަމަށް ބެލެވެއެވެ.

އެމެރިކާއިން ނުރުހޭ ގައުމުތަކަށް އެކި އެކި ތުހުމަތުތައް ކޮށް  ހަމަލާދީ އަރައިގަތުމަކީ އެމެރިކާގެ ދިގު ތާރީހެއް އޮތް ކަމެކެވެ. އެގޮތުން ލީބިޔާ ، އަފްޣާނިސްތާން ފަދަ ގައުމުތަކަށް ވަނީ އެގޮތަށް ހަމަލާދީ އަރައިގަނެފައެވެ. އެކި އެކި ތުހުމަތުތައް ކޮށް އެގައުމަކަށް އަރައިގަނެ އެގައުމެއްގެ ވެރިކަން ބަދަލު ކުރުމަކީ އެމެރިކާގެ އެންމެ ބޮޑު އަމާޒެވެ.

މިގޮތުން އެ ގައުމުގެ ރައީސް ޑޮނާލްޑް ޓްރަމްޕް  އެމެރިކާއަކީ ގައުމުތަކުގެ މެދުގައި ސުލްހަ ގާއިމުކުރުމުގެ އެންމެ ބޮޑު މެދުވެރިއަކީ އެމެރިކާ ކަމަށް ބުނެފައިވާއިރި އެމެރިކާއަކީ ގައުމުތަކުގެ މެދުގައި މައްސަލަ އުފައްދާ ހަނގުރާމަ ފެށުމަށްފަހު ނުފޫޒާއި ބާރުގެ ބޭނުން އެ ގައުމުތަކަށް ކުރުމުގެ ދިގު ތާރީޚެއް އޮތް ގައުމެއްކަން ހާމަވެއެވެ.

ވެނެޒުއެލާގެ ރައީސް ނިކޮލަސް މަޑޫރޯ ވަނީ އެމެރިކާގެ މި އަމަލު ކުށްވެރިކުރައްވައި، އެއީ އެމަނިކުފާނުގެ ޤައުމުގެ އިސްތިޤްލާލަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވެފައެވެ. އޭނާ ވަނީ ވެނެޒުއެލާއިން "ކޮންމެ އަގެއްގައި ވެސް އެގައުމުގެ ސަރަހައްދާއި ކަރާމާތް ދިފާއު ކުރާނެ" ކަމަށް އިއުލާން ކުރެއްވާފައެވެ. އޭގެ ފަހުން ވެނެޒުއެލާ ސަރުކާރުން ވަނީ ހަތިޔާރު އެޅި ސިފައިން ހައި އެލާޓަށް ނެރެ، ބޯޑަރު މުހިއްމު ސަރަހައްދުތައް ކައިރީގައި އަސްކަރީ ތަމްރީނުތައް ފަށާފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved