March 10, 2026
Advertisement
-
- / ނިއުޔޯކް ޓައިމްސް

މުސްލިމުން މަރަން ގޮވާ މޯދީ ސަރުކާރަކީ އެމެރިކާގެ އެންމެ ގާތް އެއް ބަޔެއް ކަމަށް ޓްރަމްޕް ބުނެފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 2, 2025, 02:52 AM
މާލެ ސިޓީ

މުސްލިމުން މަރަން ގޮވާ މުސްލިމުން މެރުމަށް ސަހްޔޫނީންނަށް ވާގިވެރިވާ މޯދީ ސަރުކާރަކީ އެމެރިކާގެ އެންމެ ގާތް އެއް ބަޔެއް ކަމަށް ޓްރަމްޕް ބުނެފިއެވެ.

Advertisement

މިގޮތުން، މޯދީއަކީ އޭނާ ވަރަށް ލޯބިވާ ބޭފުޅެއް ކަމަށާއި އަދި ވަރަށް ޓަފު ބޭފުޅެއްގެ ގޮތަށް ޓްރަމްޕް ވަނީ ސިފަކޮށްފައެވެ.

ދެކުނު ކޮރެއާގައި މިހާރު ކުރިއަށްދާ އޭޝިއާ ޕެސިފިކް އެކޮނޮމިކް ކޮއޮޕަރޭޝަން- ސީ.އީ.އޯ އިންގެ ސަމިޓުގައި ވާހަކަ ދައްކަމުން ޓްރަމްޕް ބުނީ އިންޑިއާއާއި ޕާކިސްތާނުގެ ޒަމާންވީ ހަނގުރާމަ ސުލްހަ ކުރުމަށް މަސައްކަތް ކުރި ކަމަށާއި މި ހަމަނުޖެހުން ސުލްހަ ނުކޮށްފި ނަމަ ދެ ޤައުމާ އެކުއޮތް އެމެރިކާގެ އިޤުތިޞާދީ ގުޅުން ކަނޑާލާނެ ކަމަށް ދެގައުމުގެ ލީޑަރުންނަށް އަންގާފައިވާނެ ކަމަށެވެ.

ޓްރަމްޕަކީ ގައުމުތަކުގެ މެދުގައި ޖެހިފައިވާ ޚާރިޖީ ގުޅިން ސުލްހަކުރުމަށް އިސްވެ ގައުމުތަކުގެ ގުޅުންތަކަށް އަތްބާނާ މީހެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރެއެވެ. އަދި މިއީ ގައުމުތަކުގެ ކޮންޓްރޯލް ނެގުމަށް ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތެއް ކަމަށްވެސް ގިނަ ބަޔަކު ބުނެއެވެ.

މީގެއިތުރުން، ސަހްޔޫނީންނާއި ހަމާސް ސުލްހައިގެ އެއްބަސްވުމަކަށް ގެނެސް ހަނގުރާމަ ހުއްޓާލާފައިވާ ކަމަށް ބުނެ ފޮނި ކެޑިއަސް ސަހްޔޫނީން އަދިވެސް އަންނަނީ އެއްބަސްވުމަށް އިހްތިރާމްނުކޮށް ހަމަލާތައް ދެމުންނެވެ.

ސަހްޔޫނީންގެ ބޮޑު ވަޒީރު ވަނީ އެމެރިމާއަކީ އެމީހުންގެ އެންމެ ގާތް ރަހްމަތެރިޔާ ކަމަށާއި އެއީ އެމީހުންގެ ނަސީބުކަމަށް ބުނެ ވާހަކަ ދައްކާފައެވެ.

ޓްރަމްޕާއި ޖައްބާރު ނަތަންޔާހޫ އަދި މޯދީ ސަރުކާރަކީ ގުޅިގެން މުސްލިމް ނަސްލެއް އެކީ ފުހެލުމަށް މަސައްކަތް ކުރަމުން އަންނަ ބަޔެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved