March 11, 2026
Advertisement
-
- / ނިއުޔޯކް ޓައިމްސް

ޔޫކޭ އިން ވެނެޒުއޭލާގެ 1.8 ބިލިއަން ޑޮލަރުގެ ރަން ނުދީ ހިފަހައްޓައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 2, 2025, 04:39 AM
މާލެ ސިޓީ

އިނގިރޭސިވިލާތުގެ ބޭންކެއްގައި ހުރި ވެނެޒުއޭލާގެ 1.8 ބިލިއަން ޑޮލަރުގެ ރަން އެ ގައުމަށް ނުދީ ހިފަހައްޓައިފިއެވެ.

Advertisement

އިނގިރޭސިވާތުން މި ރަން ދޭން ދެކޮޅު ހަދަނީ މީގެ ހަތަރު އަހަރު ކުރިން އެމެރިކާ އާއި އިނގިރޭސިވިލާތުން ވެނެޒުއެލާގެ "ވަގުތީ ރައީސް" ކަމުގެ މަގާމަށް ޖުއާން ގުއައިޑޯ އަށް ތާއީދު ކުރިއިރު، ވެނެޒުއެލާގެ ރައްޔިތުން އޭނާ އިންތިހާބު ނުކުރުމުންނެވެ.

އެކަމުގެ ސަބަބުން އިނގިރޭސިވިލާތުން އެ ރަން އަނބުރާ މިހާރުގެ ވެނެޒުއޭލާގެ ސަރުކާރަށް ދިނުމަށް އަންނަނީ ދެކޮޅު ހަދަމުންނެވެ.

ވެނެޒުއެލާއިން ބުނަނީ އެ ރަން ނިސްބަތްވަނީ ބޭރު ޤައުމުތަކަށް ނޫންކަމަށާއި އެއީ ވެނެޒުއޭލާގެ ރައްޔިތުންގެ ހައްގެއް ކަމަށެވެ. ގިނަ ތަޖުރިބާކާރުން ބުނާ ގޮތުގައި އެމެރިކާއިން އަބަދުވެސް ފައިސާ އާއި ދަތިކުރުމުގެ ފިޔަވަޅުތައް ބޭނުންކޮށްގެން އެމެރިކާގެ އަމުރުތަކަށް އަމަލު ނުކުރާ ގައުމުތައް އަންނަނީ ކޮންޓްރޯލް ކުރަމުންނެވެ.

އެގޮތުން މިއީ އިނގިރޭސިވިލާތާއި އެމެރިކާއިން ކުރާ އިގްތިސާދީ ބުލީއެއް ކަމަށް ވެނެޒުއޭލާގެ ސަރުކާރުން ސިފަކުރެއެވެ.

މީގެ އިތުރުން، މި ހާލަތުގެ ސަބަބުން ދުނިޔޭގެ ބޭންކުތަކަށް ކުރާ އިތުބާރަށް ވެސް ގެއްލެމުން ދާކަމަށް އެ ގައުމުން ބުނެއެވެ. ހުޅަނގުގެ މުއްސަނދި ޤައުމުތަކުން ބޭނުން ވަގުތެއްގައި އެހެން ޤައުމުތަކުގެ މުދާ ފްރީޒްކުރެވިއްޖެނަމަ، ދެން ޤައުމުތަކުން ކުރިއަށް އޮތްތަނުގައި ހުޅަނގުގެ ބޭންކުތައް ބޭނުން ކުރުން ހުއްޓާލާނެ ކަމުގެ އިންޒާރުވެސް ދީފައިވެއެވެ.

ވެނެޒުއެލާގެ ރައްޔިތުން ދަނީ އެމީހުންގެ ރަން އަނބުރާ ހޯދުމަށް ޑިމާންޑް ކުރަމުންނެވެ. އެމީހުން ބުނާ ގޮތުގައި މި ފައިސާއިން އިގްތިސާދަށް އެހީތެރިވެދީ، ކާނާ އާއި ބޭސް ގަނެ، އާއިލާތަކަށް އެހީތެރިވެދެވޭނެ އެވެ. އެކަމަކު އެމެރިކާގެ ނުފޫޒުގެ ސަބަބުން އިނގިރޭސިވިލާތުން އަދިވެސް އެ ރަން އަނބުރާ ދިނުމަށް އަންނަނީ ދެކޮޅު ހަދަމުންނެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިއީ އެމެރިކާއިން މިނިވަން ގައުމުތަކަށް އަދަބު ދިނުމަށް ބާރު ބޭނުންކުރުމުގެ އަނެއް މިސާލެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved