April 24, 2026
Advertisement
.
. / ސޯޝަލް މީޑިއާ

ޣައްޒާއަށް ކާބޯތަކެތި ވައްދަން ސަހްޔޫނީން އަދިވެސް ހުރަސްއަޅަނީ

Yana Shareef
ޔާނާ ޝަރީފް
Nov 2, 2025, 04:51 AM

ފަލަސްތީނުގެ ޣައްޒާއަށް ކާބޯތަކެތި ވައްދަން ކުރާ މަސައްކަތަށް އިސްރާއީލުން އަދިވެސް ހުރަސް އަޅާ ކަމަށް ރިޕޯޓަކުން ދައްކައިފިއެވެ.

Advertisement

ބައިނަލްއަގްވާމީ އެހީދޭ ޖަމާއަތްތަކަށް އިސްރާއީލުން ލާޒިމުކުރި އާ ރަޖިސްޓްރޭޝަން ނިޒާމެއްގެ ސަބަބުން ޣައްޒާގެ ބޭރުގައި 50 މިލިއަން ޑޮލަރުގެ އެހީ ތާށިވެފައިވާ ކަމަށް ދަ ފައިނޭންޝަލް ޓައިމްސް އިން ބުނެއެވެ.

އިސްރާއީލުން ހުރަސް އަޅަމުން ދިއުމުގެ ސަބަބުން ބައިނަލްއަގްވާމީ އަދި ފަލަސްތީނުން އިސްވެ އުފައްދާފައިވާ ޖަމިއްޔާތަކަށް ވެސް އެހީ ވެއްދުން އުނދަގޫވެއެވެ.

އެމެރިކާގެ އެހީތެރިކަމާއެކު އެކުލަވާލި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އިންސާނީ އެހީ އުފުލާ 600 ޓްރަކަށް ހުއްދަ ދިނުމަށް އިސްރާއީލުން ވަނީ އެއްބަސްވެފައެވެ. ނަމަވެސް ބަނޑުހައިހޫނުކަމުގެ އަސަރު އިންތިހާއަށް ކުރިމަތިވެފައިވާ ޣައްޒާގެ ރައްޔިތުންނަށް އެހީ ވަންނަ މިންވަރު އެ އަދަދާ އެއްވެސް ވަރަކަށް ގާތް ނުވާ ކަމަށް އެހީދޭ ޖަމާއަތްތަކުން ބުނެއެވެ.

އދ. ގެ ދުނިޔޭގެ ކާބޯތަކެތީގެ ޕްރޮގްރާމުން ބުނީ ދުވާލަކު ވަންނަން ޖެހޭ 2،000 ޓަނުގެ ޓާގެޓަށް ވުރެ މި ތަކެތި މާ މަދު ކަމަށާއި ޣައްޒާގެ ސަރަހައްދަށް ކާބޯތަކެތި ވަދެވޭނީ އެންމެ ސަރަހައްދަކުން ކަމަށެވެ.

ގާތްގަނޑަކަށް 750 މެޓްރިކް ޓޮނޭންސްގެ ކާބޯތަކެތި މިހާރު ޣައްޒާ އަށް ކޮންމެ ދުވަހަކު ވެސް ވަންނަ ކަމަށް ޑަބްލިއުއެފްޕީން ބުނި ނަމަވެސް މިއީ ޣައްޒާގެ ރައްޔިތުންނަށް ފުދޭ އަދަދެއް ނޫނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved