March 11, 2026
Advertisement
-
- / ޓައިމް މަޖައްލާ

ޗާލީ ކާރކް މަރާލުމުގައި ޑޯނަރުންގެ އަތެއް އޮތް ކަމަށް ތުހުމަތުކޮށްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 2, 2025, 11:42 PM
މާލެ ސިޓީ

ކެންޑޭސް އޮވެންސް އާންމުކޮށްފައިވާ އާ ވީޑިއޯއެއްގައި، މުއްސަނދި ސިޔާސީ ޑޯނަރުންގެ ފަރާތުން ޗާލީ ކަރކް އަށް ކުރިމަތިވަމުން ޕްރެޝަރާއި އިންޒާރުތައް ލިބެމުން ދިޔަ ކަމަށް ތުހުމަތުކޮށްފިއެވެ.

Advertisement

އެ ވީޑިއޯގައި އޮވެންސް ބުނާ ގޮތުގައި ކިރްކް އަށް ބޮޑެތި ޑޯނަރުން ގެއްލިގެން ދިޔައީ އޭނާގެ ޝޯތަކާއި އިވެންޓްތަކުން ވަކި ބަޔަކު ކެންސަލް ކުރަން ދެކޮޅު ހެދުމުންނެވެ.އޮވެންސް ބުނީ ފައިސާގެ ޕްރެޝަރު ކުރިމަތި ކުރުވި ކަމަށާއި ހާއްސަކޮށް ސަހްޔޫނީންނަށް ތާއީދުކުރާ ތާއީދާ ގުޅުން ހުރި ކަމަށެވެ.

އޮވެންސް ވަނީ ކިރްކްގެ ސްކްރީންޝޮޓްތަކެއް ކަމަށް އޭނާ ބުނި ސްކްރީންޝޮޓްތަކެއް ވީޑިއޯގައި ހިއްސާކޮށްފައެވެ. އެ މެސެޖުތަކުގައި ކިރްކް ލިޔެފައިވަނީ އޭނާއަށް އަހަރަކު ދެ މިލިއަން ޑޮލަރު ދޭ ޑޯނަރެއް ގެއްލިފައިވާ ކަމަށާއި، އެއީ ޓަކަރ ކާލްސަން ކެންސަލް ކުރަން ދެކޮޅު ހެދުމުން ކަމަށެވެ.

އަނެއް މެސެޖެއްގައި އޭނާ ލިޔެފައި ވަނީ ބައެއް ޑޯނަރުން "ހުރިހާ ސްޓިރިއޯޓައިޕްތަކެއް ކުޅެނީ" ކަމަށާއި އޭނާއަށް ކުރަމުންދާ ބުލީ އިތުރަށް ބަލައި ނުގަންނާނެ ކަމަށެވެ. އޮވެންސް ވިދާޅުވީ މިކަންކަމުން އެނގިގެންދަނީ އޭނާގެ ސިޔާސީ މަގާމުތަކުގެ މައްޗަށް މާލީ ކޮންޓްރޯލެއް ބޭނުން ކުރަމުންދާ މިންވަރާއި ހޯސްޓް ކުރުމުގެ އެއްވެސް މިނިވަންކަމެއް ޗާލީއަށް ދީފައި ނުވާ ކަމަށެވެ.

މިކަމުގެ ސަބަބުން ޗާލީ ވަކި ސިޔާސީ މަގާމުތަކުން ދުރަށް ދިއުމަށް ވިސްނަން ޖެހުނީ ޑޯނަރުންގެ އެޖެންޑާތަކަށް ތަބާވާން މަޖުބޫރުވެގެން ވަރުބަލިވެގެން ކަމަށް ވެސް އޮވެންސް ފާހަގަކުރިއެވެ. އޭނާ ބުނި ގޮތުގައި ޕްރެޝަރަކީ ހަމައެކަނި ގަބޫލުކުރުންތަކާ ގުޅިގެން ކުރާ ކަމެއް ނޫން ކަމަށާއި ބޮޑެތި އަދަދުތަކުން ފައިސާގެ އިންޒާރު ދިނުންވެސް ޕްރެޝަރ ކުރުމަށް ވާނޭ ކަމަށެވެ.

އެހެންކަމުން ޗާލީ މަރާލާފައިވަނީ ހުޅަނގުގެ ޕްރޮޕެގަންޑާ ފެތުރުމަށް ޗާލީ އާއި ދެމެދު ދެކޮޅުވެރިކަމެއް އުފެދުމުގެ ސަބަބުން ކަން އޮވެންސްގެ ވާހަކަތަކުން ދޭހަވެއެވެ. އަދި ހުޅަނގުގެ މީޑިއާތަކުން ސަހްޔޫނީން ޕްރޮމޯޓްކޮށް އެމީހުން ހިންގަމުން ދިޔަ ގަތުލުއާންމުގެ އެއްބައި ދުނިޔެއަށް ދައްކަން އުޅުނު ކަން ސާބިތުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved