March 11, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ނައިޖީރިއާ އާއި ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޓްރަމްޕް ދީފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 3, 2025, 03:17 AM
މާލެ ސިޓީ

ނައިޖީރިއާގައި ކްރިސްޓިއަނުންނާ ދެކޮޅަށް ހިންގާ އަނިޔާވެރިކަން ހުއްޓުވުމަށް އެގައުމުން އެކަށީގެންވާ ކަމެއް ނުކުރާ ކަމަށް ތުހުމަތު ކުރައްވާ ނައިޖީރިއާއަށް އަސްކަރީ ފިޔަވަޅުތަކެއް އެޅުމަށް ތައްޔާރުވުމަށް ޑިފެންސް އިދާރާއަށް އެމެރިކާގެ ރައީސް ޓްރަމްޕް އަމުރު ކޮށްފިއެވެ.

Advertisement

ސޯޝަލް މީޑިއާ ޕޯސްޓެއްގައި ޓްރަމްޕް ބުނެފައިވަނީ އެމެރިކާއިން "ނައިޖީރިއާއަށް ދޭ ހުރިހާ އެހީތެރިކަން ވަގުތުން ހުއްޓާލާނެ" ކަމަށެވެ.

މީގެ އިތުރުން، ނައިޖީރިއާގައި ކްރިސްޓިއަނުންނާއި ދެކޮޅަށް ހަމަލާދޭ ޓެރަރިސްޓް ޖަމާއަތްތައް ފުހެލާނެ ކަމަށާއި ނައިޖީރިއާ ސަރުކާރުން އެކަން ނުހުއްޓުވައިފިނަމަ ހަނގުރާމައެއް ފެށިދާނެ ފަދަ ގޮތަކަށް ޓްރަމްޕް ވަނީ ވާހަކަ ދައްކާފައެވެ.

ނައިޖީރިއާގައި ހިނގަމުންދާ ހަމަނުޖެހުންތަކަކީ "ކްރިސްޓިއަން ޖެނޮސައިޑް" ގެ ކެމްޕޭނެއް ކަމަށް އެމެރިކާގެ ކަނާތު ފިޔައިގެ ސިޔާސީ ލީޑަރުންނާއި އެމެރިކާގެ މަޝްހޫރު ބައެއް ފަރާތްތަކުން ބުނަމުން ގެންދެއެވެ.

އަދި އިންސާނީ ހައްގުތަކާ ބެހޭ ޖަމާއަތްތަކުން ނައިޖީރިއާގެ ސަރުކާރަށް ގޮވާލާފައިވަނީ، ބޯކޯ ހަރާމް އަދި އެހެނިހެން ހަތިޔާރު އެޅި ޖަމާޢަތްތަކުން ހިންގާފައިވާ މަރުގެ ޙަމަލާތަކާއެކު، އެ ޤައުމުގައި އުފެދިފައިވާ ހަމަނުޖެހުންތައް ޙައްލުކުރުމަށް އިތުރަށް މަސައްކަތްކުރުމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved