March 11, 2026
Advertisement
-
- / އަލްޖަޒީރާ

މިފަހަރު ޓްރަމްޕްގެ އިންޒާރު ނައިޖީރިއާއަށް: އިސްވެ ހަމަލާދޭން ޖެހިދާނެ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 4, 2025, 10:28 PM
މާލެ ސިޓީ

ވެނެޒުއޭލާއަށް ހަމަލާދޭނެ ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އިންޒާރުތައް ނެރެފައިވަނިކޮށް، ނައިޖީރީއާއަށް އިސްވެ ހަމަލާތައް ދޭން ޖެހިދާނެކަމަށް ޓްރަމްޕް ބުނެފިއެވެ.

Advertisement

ޓްރަމްޕް ބުނީ ނައިޖީރިޔާގައި ނަސާރާއިންގެ ގިނަ ބަޔަކު މަރަމުންގެންދާ ކަމަށާއި ނަސާރާއިންގެ ހިމާޔަތުގައި ނައިޖީރިއާއަށް އެމެރިކާ ސިފައިން ފޮނުވައި އެ ގައުމަށް ވަރުގަދަ ޙަމަލާތަކެއް ދޭންޖެހިދާނެ ކަމުގައެވެ.

ޓްރަމްޕް ބުނި ގޮތުގައި، ނައިޖީރިޔާގެ ނަސާރާއިންނަށް ޙަމަލާދީ، ނަސާރާއިންގެ ގިނަބަޔަކު މަރަމުންގެންދާތީ ނަސާރާއިންގެ ދިފާއުގައި ތެދުވުމަކީ އެމެރިކާ ކުރަންޖެހޭ ކަމެއް ކަމުގައެވެ.

ނަމަވެސް މުސްލިމް ނަސްލެއް އެއްކޮށް އަނިޔާވެރި ސަހްޔޫނީން ނައްތާލަން ދެއަހަރަށްވުރެ ގިނަ ދުވަސްވަންދެން މަސައްކަތް ކުރި އިރު އެމެރިކާއިން ހަނު ހުރީ ކީއްވެގެންތޯ ބުނެ ފާޑުކިޔާ ފަރާތްތަކުން އަންނަނީ ސުވާލު ކުރަމުންނެވެ.

އަދި ހުޅަނގުގެ މީޑިއާތަކުން މި މައްސަލަ ގެނެސްދެނީ ހަގީގަތާއި ޚިލާފަށް ކަމަށާއި ނައިޖީރިއާގެ މި ހަމަނުޖެހުންތަކުގައި މުސްލިމުންވެސް މަރުވަމުން އަންނަ ކަމަށެވެ. އަދި އެމީހުންގެ ހައްގުގައިވެސް ވަކާލާތުކުރުމަށާއި އެހެން ގައުމުތަކުގެ ދާޚިލީ މައްސަލަތަކުގެ ތެރެއަށް ނުވަނުމަށްވެސް ގޮވާލާފައިވެއެވެ.

ނައިޖީރިޔާގެ ރައީސް ތިނޫބޫ އާ ހަވާލާދީ އެ ގައުމުގެ މީޑީއާ ބުނާގޮތުން މައްސަލައަކީ ނައިޖީރިޔާގެ އެތެރޭގެ ބައެއްގެ މެދުގައި ހިނގާ އަރާރުމެކެވެ. އެކަން ހުއްޓުވުމަށް ނައިޖީރިޔާ ސަރުކާރުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved