April 26, 2026
Advertisement
-
- / ނިއުޔޯކް ޓައިމްސް

އެމެރިކާގެ ކޮންގްރެސް ލީޑަރު ވެލެންޓީނާ ގޮމޭޒް މުސްލިމުންގެ ސުލްހަވެރި އެއްވުމެއްގައި ހަމަނުޖެހުން އުފައްދައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 5, 2025, 02:18 PM
މާލެ ސިޓީ

އެމެރިކާގެ ސިޔާސީ ލީޑަރު ވެލެންޓީނާ ގޯމޭޒް މުސްލިމުންގެ ސުލްހަވެރި އެއްވުމެއްގެ ތެރެއަށް ގަދަކަމުން ވަދެ ހަމަނުޖެހުން އުފައްދަން މަސައްކަތް ކޮށްފިއެވެ.

Advertisement

މިގޮތުން، އެމެރިކާގެ ޓެކްސަސްގައި ކުރިއަށް ދިޔަ ސުލްހަވެރި އެއްވުމެއްގައި ވެލެންޓީނާ ވަނީ ގަދަކަމުން މައިކު އަތުލާ އިސްލާމްދީނާއި ދެކޮޅަށް ވާހަކަދައްކާފައެވެ.

އިސްލާމްދީނަކީ ކުށްތަކާ ގުޅިފައިވާ ދީނެއް ކަމަށާއި، ޓެކްސަސްގައި ޝަރީއަތުގެ ގާނޫނަށް ދުވަހަކުވެސް ހުއްދަ ނުދޭނެ ކަމަށް ވެސް ވެލެންޓީނާ ވަނީ ގޮވާލާފައެވެ. އަދި ޓެކްސަސް އަކީ ކްރިސްޓިއަން ގައުމެއް ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. ވެލެންޓީނާގެ ބަސްތަކުގެ ސަބަބުން މުސްލިމް ޖަމާއަތުގެ ނުރުހުން އޭނާއަށް ވަނީ އަމާޒުވެފައެވެ.

މުސްލިމް ލީޑަރުންނާއި މުޒާހަރާގެ ބައިވެރިން ބުނީ މިއީ ސާފުކޮށް ނަފްރަތު އުފެދޭ ވާހަކައެއް ކަމަށެވެ. އެމީހުން ބުނީ އެމެރިކާގެ މުސްލިމުން ބޭނުންވަނީ ހަމައެކަނި އެހެން ކޮންމެ ރައްޔިތަކު ފަދައިން ސުލްހައާއި އިހުތިރާމާއި ހަމަހަމަ ހައްގުތަކެއް ކަމަށެވެ. އެމީހުން ބުނީ އެއްވެސް ދީނަކަށް މިގޮތަށް ހަމަލާދީގެން ނުވާނެ ކަމަށެވެ

މީގެއިތުރުން، މިއީ މުސްލިމުންނާއި ދެކޮޅަށް ހަމަލާދިނުމަށް ހިތްވަރު ލިބިގެންދާނެ އަމަލުތައް ކަމަށާއި އެމެރިކާގައި މުސްލިމުންނާއި ކްރިސްޓިއަނުންނާއި ޔަހޫދީންނާއި ހިންދޫންނާއި އެނޫންވެސް އެތައް ބަޔަކު އެކުގައި އުޅޭއިރު އެންމެންނަށްވެސް ހަމަހަމަ ހައްގުތަކެއް ލިބެން ޖެހޭނެ ކަމަށްވެސް މި ފަރާތްތަކުން ބުނެއެވެ.

އެމެރިކާގެ ނިއުޔޯކް ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ޒޮހްރާން މަމްދާނީ އަބަދުވެސް ދައްކަމުން އަންނަ ވާހަކައަކީ މިއީ ކަމަށާއި ސިޔާސީ މައިދާނުގައި ދީން ހަތިޔާރަކަށް ބަދަލުކުރުމަށް ހުޅަނގުގެ ގައުމުތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ބުނެ ޝުއޫރު ފާޅުކޮށްފައިވެއެވެ.

ވެލެންޓީނާއަކީ މީގެ ކުރިންވެސް މުސްލިމުންނާއި ދެކޮޅަށް ސޯޝަލް މީޑިއާގައި އަޑު އުފުލާ ކީރިތި ޤުރުއާނަށް އިހްތިރާމް ކުޑަވާފަދަ ގޮތަށް ވީޑިއޯތައް ޕަބްލިޝްކުރި މީހެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved