April 27, 2026
Advertisement
-
- / ބީބީސީ

ޓްރަމްޕްގެ އިންޒާރުތަކާއި އެކުވެސް ޒޮހްރާން މަމްދާނީ ނިއުޔޯކްގެ މޭޔަރުކަން ކާމިޔާބުކޮށްފި!

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 5, 2025, 04:34 PM
މާލެ ސިޓީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޕްރެޝަރާއި އިންޒާރުތަކާއި އެކުވެސް ނިއުޔޯކްގެ މޭޔަރު ކަމުގެ އިންތިޚާބު ޒޯހްރާން މަމްދާނީ ކާމިޔާބު ކުރައްވައިފި އެވެ. ޓްރަމްޕްގެ ބިރުވެރިކަމާއި އިންޒާރުތަކާއި ދެކޮޅަށް އެތައް މިލިއަން ވޯޓަރުން ވަނީ މަމްދާނީ ޚިޔާރުކޮށްފައެވެ.

Advertisement

އިންތިޚާބާއި ކައިރިކޮށް ޓްރަމްޕް ވަނީ މަމްދާނީ އާއި ނިއުޔޯކް ރައްޔިތުން ދެކޮޅު ކުރުވުމަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުކޮށްފައެވެ. މިގޮތުން އެމެރިކާގެ ސަގާފަތާއި ވެލިއުސް މަމްދާނީ ނައްތާލާނެ ކަމަށާއި އެމެރިކާގައި އިސްލާމީ ސަގާފަތް އާލާވެގެންދާނެ ކަމަށް ބުނެ ބިރާއި ދޮގު ޚަބަރުތައް ފަތުރާފައިވެއެވެ.

ނަމަވެސް، ނިއުޔޯކް މީހުން ސާބިތުކޮށްދިނީ ނިއުޔޯކަކީ ވަކި ދީނެއްގެ ވެރިއަކަށް ބަލާނެ ބައެއް ނޫން ކަމަށާއި ސިޔާސީ ކަންކަމުގެ ތެރެއަށް ދީން ނުވައްދާނެ ކަމެވެ.

ނިއުޔޯކް ޓައިމްސް އިން ރިޕޯޓުކުރަމުންދާ އިންތިހާބުގެ ނަތީޖާތައް ދައްކާގޮތުން ވޯޓު ދިން ދެ މިލިއަން މީހުންގެ 50 ޕަސެންޓު ވޯޓު ދީފައިވަނީ، މަމްދާނީ، 34 އަށެވެ. ދެވަނައަށް އެންމެ ގިނަ ވޯޓު ލިބުނީ ޖިންސީ ފުރައްސާރައިގެ މައްސަލަ ކުރިމަތިވެ މޭޔަރުކަމުން އިސްތިއުފާދިން އެންޑްރޫ ކުއޯމޯ އެވެ.

ޑިމޮކްރެޓްސް ގެ ކެންޑިޑެސީ ހޯދުމަށް މަމްދާނީ އާއި އެ ޕާޓީގެ ޕްރައިމަރީގައި ވާދަކޮށް ބަލިވުމުން، އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގަ އެވެ. ރިޕަބްލިކަން ޓިކެޓުގައި ވާދަކުރި ކާޓިސް ސްލިވާ އަށް ލިބުނީ އެންމެ ހަތް ހަތް ޕަސެންޓު ވޯޓެވެ.

މި ނަތީޖާ އާއެކު މަމްދާނީ ވެގެންދާނީ އާބާދީގެ ގޮތުން އެމެރިކާގެ އެންމެ ބޮޑު އެއް ސިޓީ ކަމުގައިވާ ނިއު ޔޯކުގެ މޭޔަރުކަމަށް މި ގަރުނުގައި ހޮވުނު އެންމެ ޒުވާން މޭޔަރަށެވެ. އޭނާ އަކީ ޔޫގެންޑާއަށް އުފަން، އިންޑިއާ ދަރިކޮޅުގެ މުސްލިމެކެވެ. އޭނާ އެމެރިކާއަށް ހިޖުރަކުރީ 90 ގެ ކުރީ އަހަރުތަކުގެ ތެރޭގަ އެވެ.

މަމްދާނީ ވަނީ ސަހްޔޫނީން ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތަކާއި ދެކޮޅަށް ފާޅުގައި ބަސްބުނެ، ފަލަސްތީނާއި އެއްކޮޅު ހަރަކާތްތަކުގައި ވެސް ބައިވެރިވެފަ އެވެ. މި ސިޔާސަތުތަކާއެކު ޒުވާނުންގެ މެދުގައި މަމްދާނީ ވަނީ މަގުބޫލުވެފަ އެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަދި ސޯޝަލް މީޑިއާގައި ވެސް އޭނާ ވަނީ ބޮޑު މަގުބޫލު ކަމެއް ހޯދާފަ އެވެ.

މަމްދާނީގެ މަގުބޫލުކަމާއި ފާޅުކަން ބޮޑު ކެމްޕޭނުގެ ސަބަބުން އެމެރިކާގެ ރައީސް ޓްރަމްޕު ވަނީ ފާޅުގައި އޭނާއާއި ދެކޮޅަށް ކެމްޕޭން ކުރައްވާފަ އެވެ. އަދި، މަމްދާނީ ހޮވިއްޖެނަމަ ނިއު ޔޯކަށް މާލީ ގޮތުން ދަތިކުރާނެ ކަމުގެ އިންޒާރުތައް ޓްރަމްޕު ދީފައިވެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved