theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / ޕާކިސްތާން ޓުޑޭ
ދުނިޔެ
އަސްކަރީ ތަމްރީނުތަކުގެ ނަމުގައި އިންޑިއާއިން ޕާކިސްތާނަށް ހަމަލާދޭން ތައްޔާރުވަނީ
Aiminath Zawjah
އައިމިނަތް ޒަޢުޖާ
06 ނޮވެމްބަރު 2025
މާލެ ސިޓީ

އިންޑިއާގެ އަސްކަރިއްޔާއިން ތަމްރީންތަކެއް ހިންގުމުގެ ނަމުގައި ޕާކިސްތާނަށް ހަމަލާތަކެއް ދިނުމަށް ތައްޔާރު ވަމުން އަންނަ ކަމަށް ޕާކިސްތާނުގެ ޑީޖީ އައިއެސްޕީއާރުގެ ލެފްޓިނެންޓް ޖެނެރަލް އަހުމަދު ޝަރީފް ޗައުދަރީ ވިދާޅުވެއްޖެއެވެ.

ޕާކިސްތާނުގެ ނޫސްވެރިންނާއި ބައްދަލުކޮށް ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ޝަރީފް ވިދާޅުވީ އިންޑިއާއިން ކަނޑުގެ ސަރަހައްދުގައި އަސްކަރީ އޮޕަރޭޝަން ތަމްރީނުތަކެއް ކަމުގައި ބުނި ނަމަވެސް އޭގެ ފަހަތުގައި ވަނީ ޕާކިސްތާނަށް ހަމަލާތަކެއް ދިނުމަށް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ޑީޖީ އައިއެސްޕީއާރު ބުނި ގޮތުގައި އިންޑިއާ އިން މަސައްކަތް ކުރަނީ ފޭކް ސިނާރިއޯތައް އުފައްދައި ޕާކިސްތާނުގެ ނަން ހަޑި ކުރުމަށް ކަމަށެވެ. އަދި އިންޑިއާއިން ބޭނުންވަނީ މި ސަރަހައްދުގެ ހަމަޖެހުން ނަގާލުމަށާއި މިއީ އިންޑިއާއިން ދޮގު ތުހުމަތުތަކާއި ރާވައިގެން ދުނިޔެ އޮޅުވާލަން މަސައްކަތް ކުރި ފުރަތަމަ ފަހަރު ނޫން ކަމަށެވެ.

މި ތަމްރީން ތަކުގައި އިންޑިއާގެ އެއާފޯސްއާއި، ނޭވީވެސް ބައިވެެރިވާ ކަމަށާއި ތަމްރީން ކުރިއަށްދާ ސަރަހައްދުގެ އެއާ ސްޕޭސް ބޭނުންކުރުންވެސް އިންޑިއާއިން ވަނީ މަނާކޮށްފައި ކަމަށް ޕާކިސްތާނުން ބުނެއެވެ.

ޓްރިޝުލް ގެ ނަމުގައި ހިންގާ މި ތަމްރީން އޮޕަރޭޝަންގެ ފަހަތުގައި ވަނީ ނުބައި ރޭވުމެއްކަން ފާހަގަކޮށް ޕާކިސްތާނުގެ އަސްކަރިއްޔާއިން ވަނީ އިންޑިއާގެ މޯދީ ސަރުކާރުގެ މި އަމަލު ކުށްވެރިކޮށް ފާޑުކިޔުން އަމާޒުކޮށްފައެވެ.

މީގެ އިތުރުން، ޕާކިސްތާން އޮތީ އިންޑިއާއިން ދީފާނެ ކޮންމެ ހަމަލާއަކަށް ތައްޔާރަށް ކަމަށާއި ޕާކިސްތާނުގެ ރައްދު ވަރުގަދަވާނެ ކަމުގެ އިންޒާރުވެސް ޕާކިސްތާނުން ދީފައިވެއެވެ

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved