April 27, 2026
Advertisement
-
- / ސޯޝަލް މީޑިއާ

އިންޑިއާއިން އެމެރިކާއާއެކު އަސްކަރީ ބޮޑު އެއްބަސްވުމެއްގައި ސޮއިކޮށްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 6, 2025, 10:47 PM
މާލެ ސިޓީ

ދިފާއީ ދާއިރާއިން ގުޅުން ބަދަހި ކުރުމަށް އިންޑިއާ އާއި އެމެރިކާއާ ދެމެދު ފްރޭމްވޯކް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

Advertisement

ކުރިއަށް އޮތް 10 އަހަރަށް ޕްލޭންކޮށްފައިވާ މި އެއްބަސްވުން ހާމަކޮށްފައި ވަނީ އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު އާއި އިންޑިއާގެ ޑިފެންސް މިނިސްޓަރ ރާޖްނާތު ސިންހް އާސިއާން ސަމިޓްގެ ހަވާސާގެ ތެރެއިން، މެލޭޝިއާގެ ކުއާލަލަމްޕޫރުގައި ބޭއްވި ބައްދަލުވުމަށްފަހުއެވެ.

މި އެއްބަސްވުމުގެ ސަބަބުން ދެޤައުމުގެ މެދުގައ އަސްކަރީ ގުޅުން އިތުރުކުރެވި، މައުލޫމާތު ހިއްސާ ކުރުމާއި، ޓެކްނޮލޮޖީގެ ގޮތުން ގުޅުން ބަދަހިވެގެންދާނެ ކަމަށް ހެގްސެތު ބުނެފައިވެއެވެ.

މި އެއްބަސްވުމުގައި ސޮއި ކުރުން ލަސްވެފައިވަނީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހިނގި ކުރިމަތިލުންތައް ހުއްޓުވީ ޓްރަމްޕްކަމަށް އެމަނިކުފާނު ވިދާޅުވުމާއި ގުޅިގެން، އިންޑިއާއިން އެކަމާ ހިތްހަމަނުޖެހިގެންނެވެ.

އިންޑިއާއިން ހާމަކޮށްފައިވާ ގޮތުން ހަމަލާތައް ހުއްޓާލީ އިންޑިއާގެ އަމާޒު ހާސިލްވުމުންނެވެ.

އިންޑިއާއިން ވަނީ މިފަހުން އަފްޣާނިސްތާނާއި އެކުވެސް ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށް ގުޅުން އިތުރަށް ގާއިމުކޮށްފައެވެ. އަދި އަފްޣާނިސްތާނުގެ ބިން ބޭނުންކޮށްގެން އިންޑިއާއިން ވަނީ ޕާކިސްތާނަށް ހަމަލާވެސް ދީފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved