theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
. / އަލްޖަޒީރާ
ދުނިޔެ
ފިލިޕީންސްއަށް އެރި ތޫފާނުގައި 188 މީހުން މަރުވެއްޖެ
Aiminath Zawjah
އައިމިނަތް ޒަޢުޖާ
08 ނޮވެމްބަރު 2025

ތޫފާން ކަލްމޭގީގައި ފިލިޕީންސްއިން މަރުވި މީހުންގެ އަދަދު 188 އަށް އަރައިފިއެވެ.

ތޫފާން ކަލްމޭގީއަކީ ޕެސިފިކް ސަރަހައްދުގައި މިއަހަރު އުފެދުނު 25 ވަނަ ތޫފާނެވެ. އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހު މި ތޫފާން ކޮންވެންޝަނަކުން އުފެދިފައިވާއިރު، އޭގެ ޖެހިގެން އައި ދުވަހު ވަނީ ޑިޕްރެޝަނަކަށް ބަދަލުވެފައެވެ. އޭގެ ފަހުން ޖަޕާނުގެ މޫސުމާއި ބެހޭ އިދާރާއިން ވަނީ ޑިޕްރެޝަން، ބާރުގަދަ ތޫފާނަކަށް ބަދަލުވެފައިވާކަން ހާމަކޮށް، ކަލްމެގީގެ ނަން ދީފައެވެ.

މި ތޫފާން ފިލިޕިންސަށް އަރާފައިވަނީ މިމަހުގެ 2 ވަނަ ދުވަހުއެވެ. އެގައުމުގެ އިދާރާތަކުން އެ ތޫފާނަށް ދީފައިވާ ނަމަކީ "ޓީނޯ"އެވެ. މި ތޫފާން ޕިލިޕީންސަށް އެރިފަހުން ވެސް ބާރުގަދަވެފައިވާއިރު، ގަޑިއަކު 73-114 މޭލަށް ވައިގަދަވި ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

އެތޫފާނުގެ ސަބަބުން ފިލިޕީންސްއިން މަރުވެފައިވާ މީހުންގެ އަދަދު 188 އަށް ވަނީ އަރާފައެވެ. އަދި 127 މީހުން ވަނީ ގެއްލިފައެވެ. މީގެ ތެރެއިން ގިނަ ބަޔަކު ގެއްލި، މަރުވެފައިވަނީ ސީބޫ ސިޓީންނެވެ. މީގެ އިތުރުން ވެސް އިމާރާތްތައް ވެއްޓި، ބޮޑެތި ގެއްލުންތައް ވެފައިވާ ކަމަށް އެގައުމުގެ ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved