March 10, 2026
Advertisement
.
. / ސޯޝަލް މީޑިއާ

ގަތުލުއާންމު ހިންގި ކަމުގެ ކުށުގައި ނަތަންޔާހޫ ހައްޔަރުކުރަން ތުރުކީއިން އަމުރެއް ނެރެފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 8, 2025, 07:35 PM

ނަސްލެއް ނައްތާލުމުގެ ޖަރީމާ މެދުނުކެނޑި 02 އަހަރު ވަންދެން ފަލަސްތީނުގެ ޣައްޒާގައި ހިންްގާފައިވާތީ ސަހްޔޫނީންގެ ބޮޑުވަޒީރު ނަތަންޔާހޫ އާއި އެހެެން ބައެއް އިސް މީހުން ހައްޔަރުކުރަން ތުރުކީން އަމުރެއް ނެރެފި އެވެ.

Advertisement

ތުރުކީއިން ނެރުނު އަމުރުގައި، ހައްދުފަހައަޅާފައިވާ ނަތަންޔާހޫ ހިމެނޭހެން 37 މީހަކު ހިމަނާފައި ވާއިރު އޭގެ ތެރޭފައި އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ކާޒް އާއި ނެޝަނަލް ސެކިއުރިޓީ މިނިސްޓަރު ބެންގަވްރާއި އާމީ ޗީފް އެޔާލް ޒާމިރު ހިމެނެ އެވެ.

ސަހްޔޫނީން ހިންގި މި ގަތުލުއާންމުގައި އިންސާނިއްޔަތާއި ޚިލާފު އެތަކެއް އަނިޔާކޮށްފައިވާ ކަމަށާއި ހޮސްޕިޓަލްތަކާއި ސްކޫލްތަކަށް އަމާޒުކޮށް ޣައްޒާގެ ނަސްލު އެއްކޮށް ފުހެލުމަށް ސަހްޔޫނީން މަސައްކަތްކޮށްފައިވާ ކަމަށެވެ.

ތުރުކީން ނެރުނު އަމުރަކީ ޕީއާރް ސްޓަންޓެއް ކަމަށް ސަހްޔޫނީން ބުނާ އިރު އެ އަމުރަށް ހަމާސް އިން ވަނީ ތާއީދު ކޮށްފަ އެވެ.

ސަހްޔޫނީން ޣައްޒާގައި ދެ އަހަރު ތެރޭ 67،000 މީހަކު ވަނީ ޝަހީދުކޮށްލައިފަ އެވެ. އަދި މުޅި ޣައްޒާ ބިމާ ހަމަވެ މުޅި ސިޓީ ބަނޑަށް ޖެއްސާ އެތަކެއް ފުރާނައެއް ވަނީ ނަގާލާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved