އިންޑޮނޭޝިއާގެ މިސްކިތެއް ގޮއްވާލަން ބޭނުން ކުރި ކަމަށް ބެލެވޭ ގޮވާ ޒާތުގެ ޕައުންޑަރެއް އެ ގައުމުގެ ފުލުހުން ހޯދައިފިއެވެ.
އިންޑޮނޭޝިއާގެ ދެކުނު ޖަކާޓާގެ ސްޓޭޓް ސީނިއާ ހައި ސްކޫލް 72 (އެސްއެމްއޭ ނެގެރީ 72) ގެ މިސްކިތުގައި އިއްޔެ ހުކުރު ނަމާދުގެ ވަގުތު ބޮން ގޮއްވާލައިގެން ދިން ހަމަލާއެއްގައި ވަރަށް ގިނަ ބަޔަކު ވަނީ ޒަހަމްވެފައެވެ. އެ ހަމަލާގައި 50 އަށް ވުރެ ގިނަ މީހުން ޒަހަމްވިއިރު، އެންމެންނަށް ވެސް މިހާރު ދަނީ ފަރުވާ ދެމުންނެވެ.
މި ހަމަލާ ދީފައި ވަނީ 17 އަހަރުގެ ދަރިވަރެއް ކަމަށް ތުހުމަތު ކުރެވޭ ކަމަށް ވެސް އޮފިޝަލުން ވަނީ ވިދާޅުވެފައެވެ. އެ ހަމަލާގައި މި ފިރިހެން ކުއްޖާއަށް ވެސް އަނިޔާވެފައިވާތީ އެ ކުއްޖާއަށް ވެސް މިހާރު ދަނީ ފަރުވާދެމުންނެވެ.
"އެކަމުގެ ބައެއް ހެކިތައް ފެނިފައިވޭ،" ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ވެރިޔާ ލިސްޓިއޯ ސިގިޓް ޕްރަބޯވޯ ވިދާޅުވިއެވެ.
"ލިޔެފައިވާ ތަކެއްޗާއި ކޮންމެވެސް ވަރަކަށް ގޮވާ ޒާތުގެ ޕައުޑަރު ހުރި ކަމަށް ބެލެވޭ. އެއީ ގޮވުން ފަދަ ކަންކަން މެދުވެރިވެދާނެ ކަމެއް"
"އަޅުގަނޑުމެން މިދަނީ އެހެން ރެކޯޑްތައް އެއްކުރަމުން، މީސް މީޑިއާ އާއި އާއިލާގެ މެމްބަރުންނާ ވާހަކަ ދައްކައިގެން ކަންކަން ބަލައި ހުރިހާ މައުލޫމާތެއް އެއްކުރުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރިއަށް"
މިސްކިތާ ޖެހިގެން ހުންނަ ސްކޫލެއްގެ ދަރިވަރެއް ހިންގި މި އަމަލުގައި އެ ދަރިވަރަށް ސީރިއަސް އަނިޔާތަކެއް ލިބުނެވެ. އެކަމަކު، އެ ދަރިވަރު މިހާރު ރަނގަޅުވަމުން އަންނަ ކަމަށްވެއެވެ.