April 27, 2026
Advertisement
-
- / ސޯޝަލް މީޑިއާ

އަލްބޭނިއާއިން ދުނިޔޭގެ ފުރަތަމަ އޭއައި މިނިސްޓަރު އައްޔަންކޮށްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 9, 2025, 09:38 PM
މާލެ ސިޓީ

"ޑިއެލާ" ގެ ނަމުގައި އަލްބޭނިއާއިން ދުނިޔޭގެ ފުރަތަމަ އާޓިފިޝަލް އިންޓެލިޖެންސް މިނިސްޓަރެއް އައްޔަނުކޮށްފިއެވެ.

Advertisement

އަލްބޭނިއާގައި ގިނަ ދުވަސްތަކެއް ވަންދެން ކޮރަޕްޝަނަށް ނާޒުކު ދާއިރާއެއް ކަމަށްވާ ޕަބްލިކް ޕްރޮކިއުމަންޓް ޕްރޮސެސްތަކާއި ޑިއެލާ ހަވާލުވެވަޑައިގަންނަވާނެ ކަމަށް އެ ގައުމުން ވަނީ ބުނެފައެވެ.

އަލްބޭނިއާ ސަރުކާރަކީ 100 ޕަސެންޓް ކޮރަޕްޝަން ފްރީ ތަނަކަށް ހެދުމުގެ މަގުސަދުގައި އެ ގައުމުން ނެގި މި ފިޔަވަޅަކީ ދުނިޔޭގެ އެހެން އެއްވެސް ގައުމެއްގައި ކޮށްފައިވާ ކަމެއް ނޫނެވެ.

ޑިއެލާ އެންމެ ފުރަތަމަ ތައާރަފުކޮށްފައިވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އެއިރު ޑިއެލާ މަސައްކަތްކުރީ އީ-ގަވަރމަންޓް ޕްލެޓްފޯމްގައި ޑިޖިޓަލް އެސިސްޓެންޓެއްގެ ގޮތުގައި، ރައްޔިތުންނަށް ލިޔެކިޔުންތައް ހޯދުމާއި ހިދުމަތްތައް ހޯދުމަށެވެ.

ޑިއެލާގެ އަވަޓަރ ސިފަކޮށްދެނީ އަލްބޭނިއާގެ ސަގާފީ ހެދުމެއްގައި ހުރި އަންހެނެއްގެ ގޮތުގައި ކަމަށާއި، މިއީ އާ އުފެއްދުންތަކާއި އެ ގައުމުގެ ސަގާފަތް ރަމްޒުކޮށްދޭ އެއްޗެއް ކަމަށްވެސް އަލްބޭނިއާ ސަރުކާރުން ބުނެއެވެ.

ނަމަވެސް އޭއައި ބޭނުންކޮށްގެން މިފަދަ ނިންމުންތައް ނިންމުމަކީ އޭގެ ނުރައްކާ ކުރިމަތިވެދާނެ ކަމެއް ކަމަށް ފާޑުކިޔާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އަދި މިނިސްޓަރެއްގެ ލެވެލް އޭއައި އުފެއްދުމަކަށް ދިނުމަކީ ގާނޫނީނގޮތުން ބޮޑެތި މައްސަލަތައް ނުކުންނާނެ ކަމެއް ކަމުގައި ގިނަ ފަރާތްތަކުން ބުނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved