April 27, 2026
Advertisement
-
- / ސީ.އެން.އެން

ޖަކާޓާގެ މިސްކިތަކަށް ދިން ބޮމުގެ ހަމަލާއެއްގައި ގިނަ އަދަދެއްގެ ބަޔަކު ޒަޚަމްވެއްޖެ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 10, 2025, 05:11 AM
މާލެ ސިޓީ

އިންޑޮނޭޝިއާގެ ޖަކާޓާގެ މިސްކިތަކަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއެއްގައި 50 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް އެ ގައުމުން ރިޕޯޓްކޮށްފިއެވެ.

Advertisement

މި ހާދިސާ ހިނގާފައިވަނީ ޖަކާޓާގައި ހުންނަ ސުކޫލެއްގެ މިސްކިތެއްގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މި ހާދިސާ ހިނގުމާއެކު ސުކޫލުގައި ތިބި ހުރިހާ އެންމެން ވަނީ އިމާރާތުން ބޭރުކޮށް އަނިޔާ ލިބުނު މީހުން އަވަސް ފަރުވާއަށް ފޮނުވާލައިފައިވެއެވެ.

މި ހަމަލާދީފައިވަނީ އެ މިސްކިތުގައި ނަމާދު ވަގުތާއި ދިމާކޮށް ނަމާދުކުރަން ފެށިތަނުން ކަމަށް ސްކޫލުން މައުލޫމާތުދެއެވެ.

ޖަކާޓަގެ ފުލުހުންގެ ތަރުޖަމާނު ބުދި ހާމަންޓޯ ބުނެފައިވަނީ ގާތްގަނޑަކަށް 54 މީހަކަށް އަނިޔާ ވެފައިވާއިރު 33 މީހަކަށް އަދިވެސް ދަނީ ފަރުވާދެމުން ކަމަށެވެ.

މީގެ އިތުރުން، މި ހަމަލާގެ ތުހުމަތު އެ ސްކޫލުގެ ދަރިވަރަކަށް ފުލުހުން ކޮށްފައިވާއިރު އެ ދަރިވަރަށް އަނިޔާވެ މިހާރު ސާޖަރީއެއް ކުރުމަށް ވައްދާފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.

މި ހަމަލާއަކީ ޓެރަރިޒަމް ހަމަލާއެއްކަމަށް އަދި ނިންމާފައިނުވާ ކަމަށާއި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved