April 27, 2026
Advertisement
-
- / ޓައިމްސް އޮފް އިންޑިއާ

ބީޖޭޕީ ސޯޝަލް މީޑިއާ އެކައުންޓްތަކުން ހަމަލާގެ ޒިންމާ މުސްލިމުންގެ ބޮލުގައި އަޅުވަން ފަށައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 11, 2025, 02:22 AM
މާލެ ސިޓީ

ބީޖޭޕީ ސޯޝަލް މީޑިއާ އެކައުންޓްތަކުން ހަމަލާގެ ޒިންމާ މުސްލިމުންގެ ބޮލުގައި އަޅުވަން ފަށައިފިއެވެ.

Advertisement

އިންޑިއާގެ ނިއުދިއްލީގެ ރެޑްފޯޓް ކައިރީގައި ހިނގި ގޮވުމުގެ ހާދިސާއާ ގުޅިގެން ބީޖޭޕީއަށް ތާއީދުކުރާ ބައެއް ސޯޝަލް މީޑިއާ ހެންޑްލްތަކުން ރަސްމީ ތަހުގީގު ބަޔާންތައް އާންމު ކުރުމުގެ ކުރިން އެ ހަމަލާގެ ޒިންމާ މުސްލިމުންގެ ބޮލުގައި އަޅުވާ މުސްލިމުންނަށް ތުހުމަތުކޮށް ޕޯސްޓްތައް ފަތުރަން ފަށާފިއެވެ.

އެކްސްގައި ދައުރުވަމުން އަންނަ ޕޯސްޓެއްގައި ބުނެފައި ވަނީ "އިސްލާމްދީނަކީ ޓެރަރިޒަމްގެ ދީނެއް" ކަމަށާއި، އެ މެސެޖު ރީޓްވީޓް ކުރުމަށް ސަޕޯޓަރުންނަށް ހިތްވަރު ދީފައި ޕޯސްޓްކޮށްފައިވެއެވެ. އަދި އެ ޕޯސްޓުގައި ބްލާސްޓް ވިޝުއަލްސް އެޓޭޗްކޮށް، މުސްލިމުންނާއި ގޮވުމާ ގުޅުވައިދޭ ހެޝްޓެގްތައް ވެސް ބޭނުންކޮށްފައިވެ އެވެ.

މިފަދަ ނާޒުކު ވަގުތުގެ ނާޖާއިޒު ބޭނުން ހިފާ މުސްލިމުންނާއި ދެކޮޅަށް ބިރުވެރިކަން އުފައްފާ މުސްލިމުންނަށް ހަމަލާ ދިނުމަށް ފުރުސަތު ހޯދުމަށް މޯދީ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ރެޑް ފޯޓް މެޓްރޯ ސްޓޭޝަންގެ ގޭޓް ނަންބަރު 1 ކައިރީގައި އޮތް ކާރެއްގައި ގޮވުމެއް ގޮވާ އޭގެ ސަބަބުން ކައިރީގައި ތިބި އެހެން ވެހިކަލްތަކަށް އޭގެ އަސަރުކޮށް އިތުރު ގޮވުންތައް ވަނީ ގޮވާފައެވެ.

މީގެ އިތުރުން، ޕާކިސްތާނަށްވެސް މި ހަމަލާގެ ތުހުމަތުކޮށް ހަނގުރާމައެއް ފެށުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved