އެތައް ސަތޭކަ ފަތުރުވެރިން ޒިޔާރަތް ކުރާ އަދި އިންޑިއާ ސަރުކާރުގެ މުހިންމު ހަފްލާތަކާއި ދުވަސްތައް ބާއްވާ ރެޑް ފޯޓް ކައިރި ގޮވި ގޮވުންތަކުގައި މިހާތަނަށް 09 މީހަކު މަރުވެފައިވާ ކަމަށް އެ ގައުމުން ރިޕޯޓްކޮށްފިއެވެ.
ދިއްލީގެ ޕޮލިސް ކޮމިޝަނަރު ބުނާ ގޮތުގައި އިންޑިއާ ގަޑިން 18:52 ހާއިރު އެ ސަރައްދުން ދުއްވާފައި ދިޔަ ކާރެއްގައި ގޮވުމެއް ހިނގާ އެ ގޮވުމުގެ ސަބަބުން ކައިރި ހިސާބުތަކުގައި ތިބި އެހެން އުޅަނދުތައްވެސް ގޮވާފައިވާ ކަމަށެވެ.
މި ހާދިސާގައި މަރުވި މީހުންގެ އަދަދު 09 އަކަށް އަރާފައިވާއިރު ގިނަ ބަޔަކު ޒަޚަމްވެ އަވަސް ފަރުވާ ދެމުންދާ ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.
މި ހާދިސާގެ ޒިންމާ މުސްލިމުންގެ ބޮލުގައި އަޅުވަން މުސްލިމުންނާއި ދެކޮޅު ވެެރިކަން ކުރާ ބީޖޭޕީއިން ވަނީ ޚަބަރުތައް ފަތުރާފައެވެ.
މީގެ އިތުރުން، މި ހާދިސާގެ ބޭނުންކޮށްގެން ޕާކިސްތާނަށްވެސް އިންޑިއާއިން ހަމަލާދީފާނެ ކަމަށް ބެލެވޭ ކަމަށްވެސް ކަމާއި ބެހޭ މާހިރުން ތުހުމަތުކުރެއެވެ.