April 27, 2026
Advertisement
-
- / ބީބީސީ

ހަމަލާގެ ޒިންމާ ޕާކިސްތާންގެ ބޮލުގައި އަޅުވައި ބަދަލު ހިފަން ބީޖޭޕީ ޓީވީ ތަކުން ގޮވަން ފަށައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 11, 2025, 06:57 AM
މާލެ ސިޓީ

އިންޑިއާގެ ނިއުދިއްލީގައި ހިނގި ނުރައްކާތެރި ގޮވުންތަކުގެ ހަމަލާގެ ޒިންމާ ޕާކިސްތާންގެ ބޮލުގައި އަޅުވައި ބަދަލު ހިފަން ބީޖޭޕީ ޓީވީ ތަކުން ގޮވަން ފަށައިފިއެވެ.

Advertisement

މި ހަމަލާގައި ޕާކިސްތާނުގެ އަތެއް ވާ ކަމަށް ބުނެ މި ޓީވީ ޗެނަލްތަކުން އަންނަނީ ދޮގު ޚަބަރު ފަތުރާ އިންޑިއާ ސަރުކާރުން ޕާކިސްތާނަށް ބަދަލު ހަމަލާތައް ދިނުމަށް ގޮވާލާ ހިތްވަރު ދީފައެވެ.

މިފަދަ ޚަބަރުތައް ސަރުކާރުގެ ޗެނަލްތަކުން ފަތުރާ މި ދަނޑިވަޅުގައި ޕާކިސްތާނަށް ހަމަލާދީ ހަނގުރާމަ ފެށުމަށް އިންޑިއާއިން މަސައްކަތް ކުރަމުންދާކަން ސިފަވާ ކަމަށް ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވެެއެވެ.

އިންޑިއާގެ ނިއުދިއްލީގެ ރެޑްފޯޓް ކައިރީގައި ހިނގި ގޮވުމުގެ ހާދިސާއާ ގުޅިގެން ބީޖޭޕީއަށް ތާއީދުކުރާ ބައެއް ސޯޝަލް މީޑިއާ ހެންޑްލްތަކުން ރަސްމީ ތަހުގީގު ބަޔާންތައް އާންމު ކުރުމުގެ ކުރިން އެ ހަމަލާގެ ޒިންމާ މުސްލިމުންގެ ބޮލުގައިވެސް ވަނީ އަޅުވާފައެވެ.

މި ހާދިސާ ތަހުގީގު ކުރަމުން އަންނަ ކަމަށް ދިއްލީ ޕޮލިސް އިން ބުނެފައިވާއިރު ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ރަސްމީކޮށް ހާމަކޮށްފައިނުވެއެވެ.

ބީޖޭޕީ ޗެނަލްތަކުން ޕާކިސްތާން ޒިންމާވާން ޖެހޭ ކަމަށް ޚަބަރުތައް ފަތުރަމުންދާއިރު ޕާކިސްތާނުން އެއްވެސް އެއްޗެއް ބުނެފައި ނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved