theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / އަލްޖަޒީރާ
ދުނިޔެ
ތުރުކީގެ އަސްކަރީ ވައިގެ ބޯޓެއް ވެއްޓި، ބޯޓުގައި ތިބި 20 މީހުން މަރުވެއްޖެ
Aiminath Zawjah
އައިމިނަތް ޒަޢުޖާ
12 ނޮވެމްބަރު 2025
މާލެ ސިޓީ

ތުރުކީގެ ވައިގެ އަސްކަރީ ޓްރާންސްޕޯޓް މަތިންދާބޯޓެއް އަޒަރުބައިޖާނުގެ ބޯޑަރު ކައިރިން ޖޯޖިއާގެ އިރުމަތީ ސަރަހައްދަށް ވެއްޓި ބޯޓުގައި ތިބި އެންމެން ނިޔާވެއްޖެއެވެ.

ސީ-130އީ ހަރކިއުލަސް ނަމަކަށް ކިޔާ އެ މަތިންދާބޯޓެއް ސަޕްލައި މިޝަނަކަށް ފަހު އެނބުރި ތުރުކީއަށް ދިޔަ މަގުމަތީގައި ވެއްޓި ބޯޓުގައި ތިބި 20 މީހުން ނިޔާވެފައިވާ ކަމަށް އެ ގައުމުން ވަނީ ކަށަވަރުކޮށްދީފައެވެ.

ބޯޓު ވެއްޓެން ދިމާވި ސަބަބު އަދިވެސް ދަނީ ތަހުގީގު ކުރަމުންކަމަށް ތުރުކީގެ ކަމާއި ބެހޭ އިދާރާތަކުން ބުނެފައިވެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ކޯކެސަސް ސަރަހައްދުގެ މަތިން އުދުހުނުއިރު މަތިންދާބޯޓަށް މެކޭނިކަލް ފެއިލްވުމެއް ނުވަތަ މޫސުމުގެ ބޮޑެތި ހާލަތެއް ކުރިމަތިވި ކަމަށް ބެލެވެ އެވެ. ދެ ގައުމުގެ އިންވެސްޓިގޭޓަރުން ގުޅިގެން ފްލައިޓް ޑޭޓާ ރެކޯޑަރުތައް ހޯދައި ތަހުލީލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބުނެފައިވެ އެވެ.

ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން ވަނީ މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެ، އެއީ "ގައުމަށް ޝަރަފުވެރިކަމާއެކު ހިދުމަތް ކުރި ޝަހީދުން" ކަމަށް ވިދާޅުވެފައެވެ.

މި ހިތާމަވެރި ހާދިސާއަކީ ފާއިތުވި އަހަރުތަކުގައި ތުރުކީގެ ވައިގެ ސިފައިންނާ ދިމާވި އެންމެ ނުރައްކާތެރި އެއް ހާދިސާ އެވެ. ސަރުކާރުން ވަނީ ފުރިހަމަ ތަހުގީގު ކުރުމަށް ވައުދުވެ، ބޯޓު ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވައުދުވެފަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved