March 11, 2026
Advertisement
1
1 / ސީ.އެން.އެން

ސަހްޔޫނީންގެ ވަޒަންވެރިން ސިފައިންގެ ހިމާޔަތުގެ ދަށުން ހުޅަނގު އައްސޭރި ހުރަސްކޮށް ޣައްޒާއަށް ހަމަލާދެނީ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 13, 2025, 03:49 AM
މާލެ ސިޓީ

ސަހްޔޫނީންގެ ވަޒަންވެރިން ސިފައިންގެ ހިމާޔަތުގެ ދަށުން ހުޅަނގު އައްސޭރި ހުރަސްކޮށް ޣައްޒާއަށް ހަމަލާދެމުންދާ ކަމަށް ރިޕޯޓްކޮށްފިއެވެ.

Advertisement

ހުޅަނގު އައްސޭރީގެ ބައެއް ސަރަހައްދުތަކަށް ސަހްޔޫނީންގެ ވަޒަންވެރިންނާއި ސިފައިންގެ ހިމާޔަތުގެ ދަށުން ދިން މި ހަމަލާތަކުގައި އެތައް ބަޔަކު ޒަޚަމްވެ، ހައްޔަރުކޮށް، މުދަލަށް ބޮޑެތި ގެއްލުންތަކެއް ދީފައިވެއެވެ.

މީގެ އިތުރުން ވަޒަންވެރިން ވަނީ ގުދުސްގައި ހުންނަ އަލްއަގްސާ މިސްކިތުގެ ސަރަހައްދަށަ ވަންނަން މަސައްކަތްކޮށް ހަމަނުޖެހުން ހަދާފައެވެ.

ފަލަސްތީނުގެ މަސްދަރުތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިންޑަސްޓްރިއަލް ސަރަހައްދުގެ ތެރޭގައި ވަޒަންވެރިވި މީހުން ވަނީ ޑައިރީ ފެކްޓްރީއަކަށް ނިސްބަތްވާ ހަތަރު ޓްރަކް ހިމެނޭ ގޮތަށް އެތައް އުޅަނދެއްގައި އަލިފާން ރޯކޮށް، އެ ފެކްޓްރީއަށާއި ކައިރީގައި ހުރި މުދަލަށް ގެއްލުން ދީފަ އެވެ.

ސަހްޔޫނީން ޣައްޒާއާއި ދެކޮޅަށް ހިންގަމުންދިޔަ ހަނގުރާމަ ސުލްހައިގެ އެއްބަސްވުމުގެ ދަށުން ހުއްޓާފައިވާ ކަމަށް އިއުލާންކުރި ނަމަވެސް އެކި ތުހުމަތުތައް ޣައްޒާ ރައްޔިތުން ބޮލުގައި އަޅުވާ ސަހްޔޫނީން އަންނަނީ ހަމަލާތައް ދެމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved