April 27, 2026
Advertisement
-
- / އަލްޖަޒީރާ

އިންޑިއާގެ ސްރީނަގަރުގައި އަނެއްކާވެސް ގޮއްވާލުމެއް، ރޭވިގެން ދެމުންދާ ހަމަލާތަކެއްބާ؟

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 15, 2025, 06:13 AM
މާލެ ސިޓީ

އިންޑިއާގެ ސްރީނަގަރުގައި ހުންނަ ނޯގަމް ޕޮލިސް ސްޓޭޝަންގައި ގޮވުމެއް ގޮވައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

Advertisement

މި ގޮއްވާލުމުގައި އަށް ފުލުސް އޮފިސަރުންނަށް އެކި އަނިޔާތައް ލިބިފައިވާ ކަމަށް ސްރީނަގަރުގެ ޕޮލިސް އޮފިޝަލުން ބުނެފައިވެއެވެ.

މި ހާދިސާ ހިނގާފައިވަނީ ނިއުދިއްލީގެ ރެޑްފޯޓް ކައިރީގައި ކާރެއް ގޮއްވައި ގިނަ ބަޔަކު މަރުވެ، ޒަޚަމްވިތާ މާގިނަ ދުވަހެއް ނުވަނީސްއެވެ.

އެ ހަމަލާއަކީ ޓެރަރިސްޓް ހަމަލާއެއްގެ ގޮތުގައި ބަލަމުންދާއިރު، އެ ގޮވުމުގެ ފަހަތުގައި ތިބި މީހުން ހޯދުމުގެ ތަހުގީގުތައް އަދިވެސް ކުރިއަށްދާ ކަމަށް ދިއްލީ ޕޮލިސް ހެޑްކުއާޓާސްއިން ބުނެފައިވެއެވެ.

މީގެ އިތުރުން، ދިއްލީ ބްލާސްޓަށް ފަހު އިންޑިއާގައި އިތުރު ގޮވުމެއް ގޮވި ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ. އެގައުމަށް ކޯޑިނޭޓްކޮށްގެން ހަމަލާތައް ދެމުންދާކަމަށް ގިނަ ބަޔަކު އަންނަނީ ތުހުމަތުކުރަމުންނެވެ. ހަމަލާއަކަށްފަހު ހަމަލާއެއް އިންޑިއާގެ އެކި ސަރަހައްދުތަކުގައި ދެމުންދާތީ ވެރިކަން ކުރާ ބީޖޭޕީ ޕާޓީއިން އަންނަނީ މިއީ ޖާސޫސީ މީހުން ބޭނުންކޮށްގެން ދެމުންދާ ހަމަލާތަކެއް ކަމަށް ސިފަކޮށް ބައެއް ގައުމު ތަކާއި ދެކޮޅަށް ވާހަކަދައްކާފައެވެ.

މިގޮތުން ޕާކިސްތާނާއި ތުރުކީއަށް މި ހަމަލާތަކުގެ ތުހުމަތުކޮށް އެ ގައުމުތަކާއި ދެކޮޅަށް ހަނގުރާމަކުރުމަށް މޯދީއަށް އަންނަނީ ހިތްވަރުދެމުންނެވެ.

އިންޑިއާއަކީވެސް ތުރުކީ އާއި ޕާކިސްތާން ފަދައިން ނިއުކްލިއަރ ގޮތުން ވަރުގަދަ ގައުމަކަށްވާއިރު މިފަދަ ތުހުމަތުތަކުގެ ސަބަބުން ދުނިޔޭގައި ނިއުކްލިއަރ ހަނގުރާމައެއް ފެށިދާނެ ކަމުގެ ރަނގަބީލުތައް އަންނަނީ ޖަހަމުންނެވެ.

ސިލްސިލާކޮށް ދެމުންދާ މި ހަމަލާތައް ފުރިހަމަ ގޮތުގައި ތަހުގީގު ކުރާނެ ކަމަށް އިންޑިއާ ސަރުކާރުން ވަނީ ބުނެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved