March 11, 2026
Advertisement
-
- / އަލްޖަޒީރާ

ޔަހޫދީން އަނެއްކާވެސް ލުބްނާނުގެ ބައެއް ފޭރިގަނެފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 16, 2025, 02:14 PM
މާލެ ސިޓީ

ނިރުބަވެރި ޔަހޫދީން އަނެއްކާވެސް ލުބްނާންގެ ބަޔެއް ފޭރިގަނެ އަމިއްލަކުރަން ރޭނި ފާރަކީ ލުބްނާންގެ ސަރަޙައްދުގެ ތެރެއަށް ވަންނަ ގޮތަށް ހަދާފައިވާ ފާރެއް ކަމަށް އދއިން ބުނެފިއެވެ.

Advertisement

ލުބްނާނާއި ޒަޔަނިސްޓު ދަޢުލަތް ވަކިކުރަން އދއިން އިސްވެ ކަނޑައަޅާފައިވާ ސަރަޙައްދީ ރޮނގަކީ ' ބްލޫ ލައިން'ގެ ނަން ދީފައިވާ ރޮނގެކެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ އިސް ތަރުޖަމާނު ސްޓެފަނީ ދުޖާރިކް ވިދާޅުވީ، އެ ސަރަޙައްދުގައި ޔަހޫދީން ރާނާފައިވާ ފާރު ލުބްނާންގެ 4،000 އަކަ މީޓަރަށް ވުރެ ބޮޑު ސަރަޙައްދަކަށް ވަދެފައިވާ ކަމަށާއި، އެ ފާރުގެ ސަބަބުން އެ ސަރަޙައްދުގައި ދިރިއުޅޭ ލުބްނާންގެ ރައްޔިތުންނަށް އެ ސަރަޙައްދަށް ވަދެ ނުކުތުމުގެ ފުރުޞަތު ގެއްލިފައިވާ ކަމަށެވެ.

އަދި އެއީ ލުބްނާންގެ މިނިވަންކަމާއި އިސްތިޤުލާލަށް ހުރަސްއެޅޭ ކަމަކަށްވާތީ، ލުބްނާންގެ ސަރަޙައްދުގެ ތެރެއަށް ވަދެފައިވާ ފާރުގެ ބައި ތަޅާލަން، ޔަހޫދީންގެ ނިރުބަވެރި ދައުލަތުގެ އަސްކަރިއްޔާއަށް އަންގާފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

ޔަހޫދީން އަންނަނީ ލުބްނާންގެ ހިޒްބުﷲ އާއި ދެކޮޅަށް ލާއިންސާނީ ހަމަލާތައް ފާއިތުވި އަހަރު ތެރޭގައި ދީފައެވެ. ހިޒްބުﷲ އަކީ ލަސްޠީނުގެ ރައްޔިތުންނާއި، މިނިވަން ކަމަށް ޖިހާދު ކުރަމުންދާ ޖަމާޢަތްތަކަށް ވާގިވެރިވާ ޖަމާއަތަކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved