April 27, 2026
Advertisement
-
- / އަނަޑޮލު އަޖަންސި

ފަލަސްތީނާއި ބެހޭ ގޮތުން ސުވާލު ކުރުމުން ނޫސްވެރިއަކު ވަޒީފާއިން ވަކިކޮށްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 16, 2025, 02:14 PM
މާލެ ސިޓީ

ފަލަސްތީނާއި ގުޅޭ ސުވާލެއް ޔޫރަޕިއަން ޔޫނިއަންގެ މެންބަރަކާއި ކުރުމުން އިޓަލީއަށް ނިސްބަތްވާ ޒުވާން ނޫސްވެރިޔާ ގެބްރިއެލް ނޫންޒިއާޓީ ވަޒީފާއިން ވަކިކޮށްފިއެވެ.

Advertisement

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެންނަ ގޮތުގައި ފަލަސްތީނާއި ގުޅިގެން ގެބްރިއަލް އަހާފައިވަނީ ސަހްޔޫނީން ޣައްޒާއަށް ހަމަލާދީ ސުންނާފަތިކޮށްފައިވާތީ ޣައްޒާ އަލުން އާބާދުކުރުމަށް ޚަރަދުކުރަންޖެހޭނެތޯއެވެ. މި ސުވާލުގެ ޖަވާބުގައި އީޔޫގެ މެންބަރު އުރްސުލާ ވޮން ޑަ ލެޔެން ވަނީ އެ ސުވާލަށް އެއްވެސް ޖަވާބެއް ދޭން ބޭނުން ނުވާ ކަމަށް ބުނެފައެވެ.

ގެބްރިއަލްގެ މި ސުވާލު ކުރިތާ ގިނަ ދުވަސްތަކެއް ނުވަނީސް އޭނާގެ ކޮންޓްރެކްޓް އުވާލާފައިވާ ކަމަށް އޭނާއަށް އަންގާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މި ވީޑިއޯ އަޕްލޯޑް ކުރި މީހާ ބުނާ ގޮތުގައި އޭނާ ވަޒީފާއިން ވަކިކުރި ސަބަބެއް ކަމަށް ބުނެފައިވަނީ އޭނާ ކުރި ސުވާލަކީ އޭނާގެ ވަޒީފާ ދޭ ފަރާތަށް "އެކަށީގެން ނުވާ" ސުވާލެއް ކަމަށް ބެލެވުމުން ކަމަށެވެ.

މިއާއި އެކު ސޯޝަލް މީޑިއާގައި މިއީ މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅުން ކަމަށް ބުނެ ގެބްރިއަލްއާއި އެއްކޮޅަށް ވާހަކަދައްކާފައިވެއެވެ. މީގެ އިތުރުން، ވަޒީފާއަށް ބިރެއް ނެތި ވަޒީފާ އަދާކުރެވޭނެ ނިޒާމެއް ނޫސްވެރިންނަށް ލިބިދޭން ޖެހޭނެ ކަމަށް ބުނެ ގިނަ ނޫސްވެރިން ވަނީ ގޮވާލާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved