March 10, 2026
Advertisement
-
- / ހިންދުސްތާނީ ޓައިމްސް

ބީޖޭޕީގެ މީޑިއާ ސެލްތައް އޮޕަރޭޓްކުރާ ސަރަހައްދުގައި ވަރުގަދަ ގޮވުންތަކެއް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 16, 2025, 02:14 PM
މާލެ ސިޓީ

އިންޑިއާގައި އަނެއްކާވެސް ވަރުގަދަ ގޮވުންތަކެއް ގޮއްވާލައިފިއެވެ.

Advertisement

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ތޮއްޖެހިފައިވާ މާރުކޭޓް ސަރަހައްދުން ބޯ ދުން އަރާއިރު، ކައިރީގައި ހުރި އިމާރާތްތަކުގައި އަލިފާންގަނޑު ފެތުރިފައިވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ބީޖޭޕީގެ މީޑިއާ ސެލް ސެޓަޕްތަކާ ގުޅުން ހުރި ތަންތަނާ ކައިރިންނެވެ. އެ ސަރަހައްދުގައި ތިބި މީހުން ބުނީ އަލިފާން ރޯވުމުގެ ކުރިން އެތައް ގޮވުންތަކެއް ގޮވާ އަޑު އިވިފައިވާ ކަމަށެވެ. އަލިފާންގަނޑު ބޮޑުވަމުން ދިޔަވަރަކަށް ގިނަ ފިހާރަތަކާއި ސްޓޯލްތައް ވަނީ ވަރަށް އަވަހަށް ހުސްވެފައެވެ.

އެމަޖެންސީ ޓީމުތަކާއި ފަޔާ ފައިޓަރުން އެތަނަށް ގޮސް މިހާރުވެސް ވަނީ ހާލަތު ކޮންޓްރޯލްގެ ދަށަށް ގެނެސްފައެވެ. މިހާތަނަށް ޒަޚަމްތަކާއި ގޮވުންތައް ހިނގަން މެދުވެރިވީ ކޮން ސަބަބަކާ ހުރެ ކަމެއް ރަސްމީ އިދާރާއަކުން ހިއްސާކޮށްފައި ނުވެއެވެ. ނަމަވެސް މި ހަމަލާތަކަކީ ނިރުބަވެރިންގެ ހަމަލާތަކެއް ކަމަށް ފުލުހުން ތުހުމަތު ކުރެއެވެ.

އިންޑިއާގެ އެކި ސަރަހައްދުތަކުގައި މި ހަފްތާ ތެރޭގައި ގިނަ ގޮވުންތަކެއް ގޮއްވާލާފައިވާއިރު ފުލުހުން އަންނަނީ އަދިވެސް ތަހުގީގު ކުރަމުންނެވެ. ދިއްލީގެ ރެޑް ފޯޓް ކައިރީ ދިން ހަމަލާގެ ތުހުމަތުގައި މުސްލިމް ޑޮކްޓަރެއް ހައްޔަރުކޮށް ނިރުބަވެރިންނާއި ގުޅުވާ އިންޑިއާގެ ޗެނަލްތަކުން ވަނީ ޚަބަރު ފަތުރާފައެވެ.

ކައިރި ކައިރީގައި އިންޑިއާގައި ގޮއްވާލުންތައް ގޮއްވަމުން އަންނާތީ އޭޝިއާ ސަރަހައްދުގައި ވަނީ ކަންބޮޑުވުންތައް އިފެދިފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved