March 11, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ޝެއިޚް ހަސީނާއަށް މަރުގެ ހުކުމް އެ ގައުމުން ނެރެފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 17, 2025, 10:39 PM
މާލެ ސިޓީ

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިހް ހަސީނާގެ މައްޗަށް އެ ގައުމުގެ އިންޓަނޭޝަނަލް ކްރައިމް ޓްރައިބިއުނަލްއިން މަރުގެ ހުކުމް އިއްވައިފިއެވެ.

Advertisement

ޝެއިޚް ހަސީނާއަށް މި ހުކުމް އިއްވާފައިވަނީ އިންސާނިއްޔަތާ ދެކޮޅަށް ހިންގި ޖަރީމާތަކުގެ ކުށް ސާބިތުވުމާއި ގުޅިގެންނެވެ.

ހަސީނާ އާއި ދެކޮޅަށް އެ ގައުމުގެ ރައްޔިތުން ކުރި މުޒާހަރާތަކުގައި މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް "ލީތަލް ހަތިޔާރު" ބޭނުން ކުރުމަށް އޭނާ ސަލާމަތީ ބާރުތަކަށް އެންގެވިކަމުގެ އޯޑިއޯތައް ލީކުވެފައިވެއެވެ. ނަމަވެސް އެ ތުހުމަތުތަކަށް އޭނާ އަންނަނީ އިންކާރު ކުރަމުންނެވެ.

ހަސީނާގެ 15 އަހަރުވީ ވެރިކަމާއި ދެކޮޅަށް ކުރި މި މުޒާހަރާތަކުގައި 1،400 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މިއީ 1971 ވަނަ އަހަރުގެ މިނިވަންކަމުގެ ހަނގުރާމައަށްފަހު ބަންގްލަދޭޝްއަށް ކުރިމަތިވި އެންމެ ބޮޑު އަނިޔާވެރިކަމެވެ.

ޖޫން މަހުގެ އެއްވަނަ ދުވަހު ހަސީނާގެ ޝަރީއަތް ފެށީ އޭނާގެ ޣައިރު ހާޒިރުގައެވެ. ޝަރީއަތް ކުރިއަށް ގެންދިޔައިރު ހަސީނާ ގިނަ ބަޔަކު މަރާލުމަށް އަމުރުކުރި ކަމަށް ބުނެ މަސްތަކެއް ވަންދެން އެކި ފަރާތްތަކުން ވަނީ ހެކިބަސް ދީފައިވެއެވެ.

ބަންގްލަދޭޝްގެ ގާނޫނުގެ ދަށުން އިންސާނިއްޔަތާ ހިލާފު ޖަރީމާތަކެއް ހިމެނޭ ގޮތަށް މަރުގެ މައްސަލަ ހުއްޓުވުމުގައި ނާކާމިޔާބުވުމުގެ ފަސް ދައުވާއެއް ޕީޖީން ހަސީނާގެ މައްޗަށް އުފުލާފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved