April 27, 2026
Advertisement
-
- / އަލްޖަޒީރާ

ޣައްޒާގެ ސުލްޙައިގެ އެއްބަސްވުމާ ޚިލާފުނުވުމަށް، ރާއްޖެއިން ގޮވާލައިފި

Yana Shareef
ޔާނާ ޝަރީފް
Nov 22, 2025, 01:55 AM

ޣައްޒާގެ ސުލްޙައިގެ އެއްބަސްވުމާ ޚިލާފުނުވުމަށް، ރާއްޖެއިން ގޮވާލައިފިއެވެ.

Advertisement

ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމާ ކަނޑައެޅިގެން ޚިލާފުވެ، އިސްރާއީލުން އަދިވެސް ހުއްޓުމެއް ނެތި ފަލަސްޠީނުގެ ޣައްޒާއަށް ހަމަލާދީ، މައުސޫމް އެތައް ބަޔަކު ޝަހީދު ކުރަމުންދާތީ، އެކަން ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ހަމައެއާއެކު އެ ބަޔާނުގައި ވަނީ، ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓުވައި، އެ އެއްބަސްވުމަށް ފުރިހަމައަށް އިޙުތިރާމްކުރަން އިސްރާއީލަށް މަޖުބޫރުކުރުވުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށް ގޮވާލާފައެވެ.

މީގެއިތުރުން، އެ އެއްބަސްވުމާ ޚިލާފުވާން އިސްރާއީލަށް ފުރުޞަތު ދޭނަމަ، ފަލަސްޠީނުގެ ރައްޔިތުން އިތުރަށް ނިކަމެތިވެ، ޙާލުގައި ޖެހުމުގެ ފުރުޞަތު އިތުރުވެގެންދާނެކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް މިދިޔަ މަހު ޤާއިމުކުރި އެއްބަސްވުމާ ޚިލާފަށް، އިސްރާއީލުން ޣައްޒާއަށް ދެމުންދާ ނުރައްކާތެރި ހަމަލާތަކުގައި އިއްޔެ އެކަނިވެސް، ފަލަސްޠީނުގެ 28 މީހުން ޝަހީދުކޮށްފައިވެއެވެ. އެ ހަމަލާއަކީ، ހަމަލާ ހުއްޓާލުމުގެ އެއްބަސްވުމަށްފަހު އިސްރާއީލުން ދިން އެންމެ ނުރައްކާތެރި އެއް ހަމަލާކަމަށް ރިޕޯޓްތައް ބުނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved