April 27, 2026
Advertisement
-
- / ޓީއާރްޓީ ވާރލްޑް

ޕާކިސްތާނުގެ އަސްކަރިއްޔާ އިންޑިއާއަށްވުރެ ވަރުގަދަ ކަމަށް އެމެރިކާއިންވެސް ގަބޫލުކޮށްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 26, 2025, 09:57 PM
މާލެ ސިޓީ

އެމެރިކާ-ޗައިނާ އިކޮނޮމިކް އެންޑް ސެކިއުރިޓީ ރިވިއު ކޮމިޝަން (ޔޫއެސްސީސީ) އިން ދާދި ފަހުން އެމެރިކާގެ ކޮންގްރެސްއަށް ހުށަހެޅި ރިޕޯޓެއްގައި މި އަހަރުގެ މެއި މަހު ހަތަރު ދުވަހަށް ދިގުދެމިގެން ދިޔަ އިންޑިއާ-ޕާކިސްތާން ހަމަނުޖެހުމުގައި ޕާކިސްތާނުން "އިންޑިއާއަށް ވުރެ އަސްކަރީ ގޮތުން ކާމިޔާބީ" ހޯދާފައިވާ ކަމަށް ބުނެފިއެވެ.

Advertisement

އެ ރިޕޯޓުގައިވާ ގޮތުން ޕާކިސްތާނުން ފުރަތަމަ ފަހަރަށް އެކްޓިވް ކޮމްބަޓްގައި ޗައިނާއިން އުފައްދާފައިވާ ޒަމާނީ ހަތިޔާރު - އެޗްކިއު-9 އެއާ ޑިފެންސް ސިސްޓަމް، ޕީއެލް-15 އެއާ ޓު އެއާ މިސައިލް، އަދި ޖޭ-10ސީ ފަޔަރ ޖެޓްތައް ބޭނުންކޮށްފައިވެއެވެ.

އެ ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ ހަނގުރާމައިގެ ތެރޭގައި އިންޑިއާގެ ބައެއް މަތިންދާބޯޓުތައް ވެއްޓުމުގައި މި ހަތިޔާރުތަކުގެ މުހިންމު ދައުރެއް އަދާކުރި ކަމަށެވެ. ޔޫއެސްސީސީން އިތުރަށް ބުނީ މި ހަމަނުޖެހުމަކީ ޗައިނާގެ ދިފާއީ ނިޒާމުތަކަށް "ރިއަލް ވޯލްޑް" ގައި ޓެސްޓް ކުރުމަށް ލިބިގެން ދިޔަ ފުރުސަތެއް ކަމަށެވެ.

އެ ރިޕޯޓުގައިވާ ގޮތުން ބެއިޖިން އިން މި ހަމަނުޖެހުން ބޭނުންކުރީ އެގައުމުގެ ހަތިޔާރުގެ ފައިދާ ދައްކާލުމަށް ކަމަށާއި މިއީ ޗައިނާއަށް ދުނިޔޭގެ ފެންވަރުގައި މިފަދަ ނިޒާމުތައް މާކެޓް ކުރުމަށް އެހީތެރިވެދިން ކަމެއް ކަމުގައެވެ.

އެ ރިޕޯޓް ޝާއިއު ކުރުމާއި އެކު ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ އެ ރިޕޯޓުގައިވާ ހޯދުންތަކުން ޕާކިސްތާނުގެ އަސްކަރީ ބާރު އިންޑިއާއަށް ހާމަވެގެންދާނެ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved