April 27, 2026
Advertisement
.
. / ރޮއިޓަރސް

ހޮންގްކޮންގްގައި ރޮވުން: މަރުވި މީހުންގެ އަދަދު 75އަކަށް

Yana Shareef
ޔާނާ ޝަރީފް
Nov 28, 2025, 04:51 AM

ހޮންގްކޮންގްގައި މީހުން ދިރިއުޅޭ އުސް ޓަވަރުތަކެއްގައި ރޯވެ، ހިނގި ބޮޑު އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 75 އަށް އަރައިފިއެވެ.

Advertisement

މި ހާދިސާގައި ގާތްގަނޑަކަށް 300 މީހުން ވަނީ ގެއްލިފައެވެ.

ޓައި ޕޯ ޑިސްޓްރިކްޓްގައި ހުންނަ ވާންގް ފުކް ކޯޓް ނަމަކަށް ކިޔާ މި ހައުސިން ކޮމްޕެލްސްގައި ޖުމްލަ އަށް ޓަވަރު ހިމެނޭއިރު، އެއިން ކޮންމެ އިމާރާތެއްގައި 31 ފަންގިފިލާ ހިމެނެއެވެ. އެ އިމާރަތުގެ ގާތްގަނޑަކަށް 2،000 އެޕާޓްމަންޓްގައި 4،800 އެއްހާ މީހުން ދިރިއުޅެއެވެ.

ހޮންކޮންގުގެ ހޮސްޕިޓަލް އޮތޯރިޓީން ވަނީ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު 65 މީހުން މަރުވެ 70 މީހުން ޒަހަމްވެފައިވާ ކަމަށް އަޕްޑޭޓް ކޮށްފައިވާ އަދަދު ކަށަވަރުކޮށްދީފައެވެ.

އެ ހާދިސާގެ މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯތައް ދަނީ ހަލުވިކަމާއެކު މީސް މީޑިއާގައި ދައުރުވަމުންނެވެ. ވީޑިއޯތަކުން ފެންނަނީ ކައިރި ކައިރީގައި ހުރި ފަސް އިމާރާތެއްގައި އަލިފާން ރޯވެފައިވާ މަންޒަރެވެ. ގިނަ އެޕާޓްމަންޓްތަކުގެ އަލިފާންގަނޑާއި ދުންތައް ނިކުންނަ މަންޒަރު ވެސް އެ ވީޑިއޯތަކުން ފެނެއެވެ. އެ ވީޑިއޯތަކުން ފަޔާފައިޓަރުން އެ ސަރަހައްދުގައި ހަރަކާތްތެރިވާ މަންޒަރު ފެނެއެވެ.

ފަޔާ ސާވިސަސް ޑިޕާޓްމަންޓުން ބުނީ އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ގޭގައި ތިބުމަށާއި، ދޮރުތަކާއި ކުޑަދޮރުތައް ބަންދުކޮށްގެން، ތިބުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުތަކުން ދުރުހެލިވުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ފަޔާ ޑިޕާޓްމަންޓާ ހަވާލާދީ ސައުތު ޗައިނާ މޯނިން ޕޯސްޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިރޭ ދަންވަރު މަރުވި މީހުންގެ އަދަދު 75 އަށް އަރާފައިވުގެ ސަބަބުން މިއީ 77 އަހަރު ތެރޭގައި ހޮންކޮންގުގައި ހިނގި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved