March 27, 2026
Advertisement
،
، / ޕީޕީއެމް

ޕީއެންސީ ނޫން ހުރިހާ ކެންޑިޑޭޓުންނަށް ތާއިދުކުރައްވާކަމަށް ރައީސް ޔާމީން އިއުލާނު ކުރައްވައިފި

Yana Shareef
ޔާނާ ޝަރީފް
Mar 27, 2026, 12:52 AM

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރައްވާނެ ކަމަށް ވިދާޅުވެ ސަރުކާރުގެ އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުދޭން ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގެންފި އެވެ.

Advertisement

ޕީއެންއެފް އިން އާޓިފިޝަލް ބީޗްގައި ބޭއްވި ޗަގޯސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ޕީއެންސީއަށް ފުރުސަތު ދެވިއްޖެ ކަމަށާއި، ގައުމު މިހާލަތަށް ވައްޓާލީ އެ ޕާޓީން ކަމަށެވެ.

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމަށް ރައީސް މުއިއްޒު ބޭނުންފުޅުވަނީ އެމަނިކުފާނުގެ ވެރިކަން ދިފާއުކުރެވެން ނެތްކަން އެނގިވަޑައިގަންނަވާތީ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ދެ އިންތިހާބު އެކުގައި ބޭއްވުމަކީ ރައީސް މުއިއްޒުގެ މެނިފެސްޓޯގައި އޮތް ކަމެއް ނޫން ކަމަށާއި، މިއީ ރައްޔިތުންނަށް އޮޅުވާލައިގެން ވެރިކަން ދިފާއުކުރަން ކުރާ ކަމެއް ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ހަރަދުކުޑަކުރުމުގެ ނަމުގައި ކުރަން އުޅެނީ އެހެންކަމެއްކަމަށެވެ. ހަރަދު ކުޑަކުރުން އެއީ "ބުހުތާނު ދޮގެއް" ކަމަށެވެ. ވޯލްޑް ބޭންކުން ލަފާދިނުމުން ވެސް ފާއިތުވި ދެ އަހަރު ތެރޭގައި ހަރަދު ކުޑަކުރަން ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާތީ، ހަރަދު ކުޑަކުރުމަކީ މި ސަރުކާރަށް މުހިންމު ކަމެއް ނޫން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ގާނޫނުއަސާސީއަށް ބޮޑު ބަދަލެއް ގެނައުމުގެ ކުރިން އިލްމީ ބަހުސްތައް ކުރެވެންޖެހޭނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved