June 25, 2026
Advertisement
-
-

ވޯލްޑް ކަޕްގެ ތެރޭގައި ކީރިތި ޤުރުއާން ބެހުމަށް އެމެރިކާ އަންހެނަކު ނުކުމެއްޖެ

Aiminath Sarah
އައިމިނަތް ސާރާ
Jun 25, 2026, 11:29 AM
މާލެ ސިޓީ

މިހާރު  އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތާ ދިމާކޮށް، އިސްލާމްދީނުގެ ސައްހަ މައުލޫމާތު ފޯރުކޮށްދިނުމަށް އެމެރިކާގެ އަންހެނަކު ހާއްސަ ހަރަކާތްތަކެއް ފަށައިފިއެވެ.

Advertisement

މީގެ 20 އަހަރު ކުރިން އިސްލާމްދީން ގަބޫލުކުރި މި އަންހެން މީހާ ނިންމާފައިވަނީ، މުބާރާތް ކުރިއަށްދާ އިރު ދުވާލަކު އަށް ގަޑިއިރު ހޭދަކޮށްގެން، ވޯލްޑް ކަޕަށް ޒިޔާރަތްކުރާ ފަރާތްތަކަށް ކީރިތި ޤުރުއާނުގެ އިނގިރޭސި އަދި ސްޕެނިޝް ތަރުޖަމާ ހިލޭ ބެހުމަށެވެ. މި މަސައްކަތުގައި އޭނާއާ އެކު ދަރުމަވެރިންގެ ޓީމަކުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އޭނާ ބުނި ގޮތުގައި އިސްލާމްދީނާ މެދު ޝައުގުވެރިކަން އުފެދުނީ އެކި ދީންތައް ދިރާސާކުރުމަށް ބައްޕަ ދިން ހިތްވަރުގެ ސަބަބުންނެވެ. އޭނާ އިސްލާމްވިތާ 10 އަހަރު ފަހުން ބައްޕަވެސް ވަނީ އެ ނިންމުން ގަބޫލުކޮށްފައެވެ. މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ މުސްލިމުންނާ މެދު މީހުންގެ ހިތްތަކުގައި އޮންނަ ނުބައި ތަސައްވަރު ބަދަލުކޮށް، ދީނުގެ ހަގީގީ މެސެޖު ސާދާކަމާއެކު ފޯރުކޮށްދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާތަނަށް ކުރެވުނު ތަޖުރިބާތަކަށް ބަލާއިރު، ވޯލްޑް ކަޕަށް ޒިޔާރަތްކުރާ ގިނަ ބައެއްގެ މެދުގައި އިސްލާމްދީނަށް އޮތް ޝައުގުވެރިކަން ބޮޑުވެފައިވާކަން ވަނީ ފާހަގަކުރެވިފާ ކަމަށް އޭނާ ބުނެފައިވެއެވެ. ހާއްސަކޮށް އެމެރިކާގެ ހިސްޕެނިކް މުޖުތަމައުގެ މީހުން ދީނާ މެދު ސުވާލުކޮށް، ޤުރުއާން ބަލައިގަންނަ މިންވަރު އިތުރުވަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި އިސްނެގުމަށް ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ތައުރީފު އަންނަނީ ލިބެމުންނެވެ. ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތުގެ ތެރެއިން ސުލްހަވެރިކަމާއެކު ތަފާތު ސަގާފަތްތަކާއި ދީނީ މައުލޫމާތު ބަދަލުކުރުމަށް ކުރާ މި މަސައްކަތަކީ ނަމޫނާ މަސައްކަތެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved