April 8, 2026
Advertisement
.
. / ރައީސް އޮފިސް

މިފްކޯއިން މަސްދަޅުގެ އަގުބޮޑުކުރީ މަޝްވަރާނުކޮށް ކަމަށް ސައީދު ބުނެފި

Yana Shareef
ޔާނާ ޝަރީފް
Apr 8, 2026, 04:44 PM

 މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ވިއްކާ ތެޔޮ މަސްދަޅުގެ އަގުބޮޑުކުރީ މަޝްވަރާ ނުކޮށް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. 

Advertisement

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ ހަނގުރާމައިގެ މި ހާލަތުގައި ސަރުކާރުގެ އެއްވެސް ކުންފުންޏަކުން ބޮޑު ނިންމުމެއް ނިންމާއިރު އެކަން ރައީސް މުއިއްޒުއަށް އަންގަން ޖެހޭއިރު އެކަން އެގޮތަށް ކޮށްފައި ނުވާ ކަމަށެވެ. 

ސައީދު ވިދާޅުވީ މަސްދަޅުގެ އަގުބޮޑުވެއްޖެކަން ނޫސްތަކުން ރިޕޯޓްކުރުމުން އެކަމާ ގުޅިގެން ކުރަންޖެހޭ މަޝްވަރާތައް ކުރި ކަމަށާއި މަސްދަޅު އަގުހެޔޮކުރަން މިފްކޯއިން ނިންމީ ރައްޔިތުންގެ ފާޑުކިޔުން އެކަމަށް އަމާޒުވުމުން ނޫން ކަމަށެވެ. 

ރާއްޖެއިން އެއްވެސް އެއްޗެއް ހުސްވުމަކީ، އެއްވެސް އެއްޗެއް ލިބުން ދަތިވުމަކީ އަދި އެއްވެސް އެއްޗެއް އަގުބޮޑުވުމަކީ މުއިއްޒު ބޭނުންވާނެ ކަމެއް ނޫންކަމަށް ސައީދު ވިދާޅުވިއިރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއެކު، މަސްދަޅު އުފެއްދުމަށް ހިނގާ ހަރަދު ވަރަށް ބޮޑަށް މައްޗަށް ދިޔުމާ ގުޅިގެން ކަމަށް ބުނެ މިދިޔަ ހޯމަ ދުވަހު މެންދުރު ތެޔޮ މަސްދަޅެއްގެ އަގު 18.50ރ. އަށް ބޮޑުކުރިއިރު، މަސްދަޅު ކޭހެއްގެ އަގުބޮޑުކުރީ 800ރ. އަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved