April 13, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ރަޝިޔާ، ޗައިނާ އަދި އީރާން އޮތްހާ ހިނދަކު ދުނިޔޭގެ ލީޑަރުންނަށް އިތުރު ބަޔަކަށް ނުވެވޭނެ: ޕުޓިން

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Apr 12, 2026, 09:19 PM
މާލެ ސިޓީ

ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން ދުނިޔޭގެ ބާރުތަކަށް ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.

Advertisement

ދާދިފަހުން ދެއްވި ބަޔާނެއްގައި ޕޫޓިން ވިދާޅުވީ، ރަޝިޔާ، ޗައިނާ އަދި އީރާންގެ އިއްތިހާދު ދެމިއޮތްހާ ހިނދަކު، އެއްވެސް ޤައުމަކަށް ދުނިޔޭގެ "ވެރިއެއް" ފަދައިން ކަންތައް ކުރުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ.

ޕޫޓިންގެ މި ބަޔާނުގައި ބޮޑަށް އަމާޒުކުރައްވާފައިވަނީ އެމެރިކާގެ ސިޔާސަތުތަކަށެވެ. ވަކިން ހާއްސަކޮށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި ގެންގުޅުއްވި ޚުދުމުޚުތާރު ސިޔާސަތުތަކަށް އިޝާރާތްކުރައްވައި، އެފަދަ ގޮތަކަށް ދުނިޔޭގެ ނިޒާމު ބައްޓަންކުރުމަށް ކުރާ މަސައްކަތްތަކަށް ޕޫޓިން ވަނީ ފާޑުވިދާޅުވެފައެވެ.

މި ބަޔާނަކީ ބައިނަލްއަޤުވާމީ މަސްރަޙުގައި ހުޅަނގުގެ ބާރު ކުޑަކޮށް، މަލްޓި-ޕޯލާ ނުވަތަ ގިނަ ބާރުތަކެއް އެކުލެވޭ ދުނިޔެއެއް ބިނާކުރުމަށް ރަޝިޔާއިން ކުރާ މަސައްކަތުގެ ތެރެއިން އައި ބަޔާނެކެވެ. ޕޫޓިން އިތުރަށް ހާމަކުރެއްވި ގޮތުގައި، މި ތިން ޤައުމުގެ އެއްބާރުލުމާއެކު ދުނިޔޭގެ ސިޔާސީ އަދި އިޤްތިޞާދީ މިސްރާބު ބަދަލުކުރުމުގެ ޤާބިލުކަން އެބަހުއްޓެވެ.

މި ބަޔާނާ ގުޅިގެން ދުނިޔޭގެ ސިޔާސީ މަސްރަޙަށް ބޮޑެތި ލޮޅުންތަކެއް އަރާނެ ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved