April 17, 2026
Advertisement
.
.

އެންސްޕާގެ ލާރިން މުސާރަ ނަގާ އެމްއެމްޓީވީގެ ނޫސްވެރިޔާ މުރުޝިދު ވިދާޅުވީ ތިޖޫރީ ބަލަހައްޓަން އެނގިވަޑައިގަންނަވާނީ ރައީސް ޔާމިނަށްކަމަށް!

Apr 13, 2026, 01:52 PM

އިސްލާމިކް މިނިސްޓްރީގެ ސިޔާސީ މަގާމެއްގައި ހުންނަވައިގެން، އެންސްޕާގެ ބަޖެޓުން މުސާރަ ލިބޭ ގޮތަށް އެމްއެމްޓީވީގައި މަސައްކަތް ކުރައްވާ ނޫސްވެރިޔާ މުރުޝިދު އަބްދުލް ހަކީމް ، ދައުލަތުގެ ތިޖޫރީ ބަލަހައްޓަން އެނގިވަޑައިގަންނަވާނީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ކަމަށް ބުނެ އެމަނިކުފާނަށް ފުރައްސާރަކުރި މައްސަލައެއް ހޫނުވެއްޖެއެވެ.

Advertisement

މި މައްސަލަ ފެންމަތިވީ، ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު މަލީހް ޖަމާލް، ސަރުކާރުގެ އިސްވެރިން އިސްތިއުފާ ދެއްވަމުންގެންދަވާތީ މިއީ ދައުލަތުގެ ތިޖޫރީ ބަލަހައްޓަންޖެހޭ ވަގުތު ކަމަށް ވިދާޅުވުމުން އެކަމަަށް މުރުޝިދު ރައްދު ދިނުމާ ގުޅިގެންނެވެ.

މުރުޝިދު ވަނީ ތިޖޫރީ ބަލަން އެނގޭނީ ރައީސް ޔާމީނަށް ކަމަށް ބުނެ، އެމަނިކުފާނުގެ މައްޗަށް ކުރެވުނު ތުހުމަތުތަކަށް އިޝާރާތްކޮށް މަލާމާތްކޮށްފައެވެ.

މިކަމާ ގުޅިގެން ގިނަ ބައެއްގެ ނުރުހުން މުރުޝިދަށް އަމާޒުވެފައިވަނީ، އޭނާއަކީ ރައްޔިތުންގެ ފައިސާއިން މުސާރަ ނަގާ ފަރާތަކަށް ވާތީއެވެ.

އެމްއެމްޓީވީއަކީ އެންސްޕާގެ އޮފީހެއް ހިންގުމުގެ ނަމުގައި ނެގި ފައިސާއިން އުފައްދާފައިވާ ތަނެއް ކަމަށްވާއިރު، 2024 ޑިސެމްބަރުން ފެށިގެން މުރުޝިދު އެތަނުން މުސާރަ ނަގަމުންދަނީ އެންސްޕާގެ ބަޖެޓުންނެވެ. ނިކަމެތިންނަށް އެހީވުމަށް ހާއްސަ ކުރެވިފައިވާ ފައިސާއިން މުސާރަ ނަގައިގެން ހުރެ، ލަދުވެތިކަމެއް ނެތި  ވެރިކަން ކުރެއްވި  ބޭފުޅަކަށް ސޯޝަލް މީޑިއާގައި ފުރައްސާރަކުރަމުންދާތީ، އޭނާގެ އެ އަމަލު ކުށްވެރިކޮށް ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ފާޑުކިޔަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved