
ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގެ ކެބިނެޓުން ގިނަ އަދަދެއްގެ ވަޒީރުން ވަކިކޮށް، ބައެއް ވަޒީރުން އިސްތިއުފާ ދެއްވައި ސަރުކާރު މުޅިން ބަނޑުން ޖަހާލާފައިވާއިރު، ސަރުކާރުގެ ޕްރޮޕެގެންޑާ ފަތުރާ ޕީއެސްއެމް އާއި އެމްއެމްޓީވީން މިކަން އާންމުންނަށް ސިއްރުކޮށްފިއެވެ.
އިތުބާރު ހުރި މަސްދަރުތަކުން ކަށަވަރުވާ ގޮތުގައި، ޖެންޑާ މިނިސްޓަރު އައިޝަތު ޝިހާމާއި، ފޮރިން މިނިސްޓަރު ޑރ. އަބްދުލް ހަލީލާއި، ސިޓީސް މިނިސްޓަރު އާދަމް ޝަރީފްގެ އިތުރުން ޓޫރިޒަމް މިނިސްޓަރު ތާރިގް ވަނީ މަގާމުން ވަކިކޮށްފައެވެ. މީގެ އިތުރުން ޔޫތު މިނިސްޓަރު އަސްވާޑާއި، ޖަނަވާރު މިނިސްޓަރު މާރިޔާ އާއި، ޑިފެންސް މިނިސްޓަރު ޣައްސާން އަދި ހެލްތު މިނިސްޓަރު ނާޒިމްގެ އިތުރުން ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު އަލީ ހައިދު ވެސް ވަނީ މި ބޮޑު ގަނޑުބަޑުގެ ތެރެއިން އިސްތިއުފާ ދެއްވާފައެވެ.
މުޅި ގައުމު ސިއްސުވާލި މި ބޮޑު ސިޔާސީ ހަލަބޮލިކަމުގެ ޚަބަރު، ސަރުކާރުގެ ކޮންޓްރޯލް އޮންނަ މީޑިއާތަކުން އުނިކޮށްފައިވަނީ ރައީސް މުއިއްޒުގެ ސީދާ އަމުރަށް، ސަރުކާރުގެ ނުކުޅެދުންތެރިކަން ފޮރުވުމުގެ ގޮތުން ކަމަށް ބެލެވެއެވެ. ރައީސް އޮފީހުގެ އެތެރޭގެ ކޯޅުންގަނޑު ބޮޑުވެ، ވަޒީރުން ފުލުފުލުން ބޭރުވަމުންދާއިރުވެސް، ދައުލަތުގެ މީޑިއާއިން މަސައްކަތް ކުރަނީ ހަގީގަތް އޮޅުވާލައި "ހުރިހާ ކަމެއް އަމާން" ކަމަށް ދެއްކުމަށެވެ. ނަމަވެސް، މިހާ ގިނަ ވަޒީރުން އެއްފަހަރާ ވަކިވުމަކީ މުއިއްޒުގެ ވެރިކަން ނިމުމުގެ ކޮޅުމަތި ކަމަށާއި، މިކަން ފޮރުވަން އުޅުމަކީ އަމިއްލަ އަތަށް ގޮވުން ކަމަށް ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.









