April 15, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ޗައިނާއިން އެމެރިކާއަށް ވަރުގަދަ އިންޒާރެއް: "ހަނގުރާމަ ކުރަން ބޭނުންނަމަ އެކަންވެސް ކުރަން ތައްޔާރު"

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Apr 14, 2026, 09:59 PM
މާލެ ސިޓީ

ދުނިޔޭގެ ބާރުވެރިކަމުގެ ވާދަވެރިކަމުގައި އެމެރިކާއިން ކުރިމަތިކުރަމުންދާ ގޮންޖެހުންތަކަށް ޗައިނާއިން ވަރުގަދަ ރައްދެއް ދީފިއެވެ. ޗައިނާ އެނާޖީ ސެކިއުރިޓީ އިންސްޓިޓިއުޓްގެ ރައީސް ޑރ. ގާއޯ ވިދާޅުވި ގޮތުގައި، ޗައިނާ އޮތީ ކޮންމެ ފަދަ ހާލަތަކަށްވެސް ފުރިހަމައަށް ތައްޔާރުވެގެންނެވެ.

Advertisement

އެމެރިކާގެ ހަރުކަށި ސިޔާސަތުތަކަށް އިޝާރާތް ކުރައްވައި ޑރ. ގާއޯ ވިދާޅުވީ، "ހަނގުރާމަ ބޭނުން ނަމަ ހަނގުރާމަ ކުރާނަން" ކަމަށާއި، ޗައިނާ ހަލާކުކޮށްލަން ބަޔަކު ބޭނުންވާ ނަމަ އެކަން ކުރަން އުޅޭ ބަޔަކު އަމިއްލައަށް ހަލާކުވެގެންދާނެ ކަމަށެވެ. މިއީ ޗައިނާގެ ގައުމީ ސަލާމަތާއި އިސްތިގުލާލަށް އުނިކަމެއް އަތުވެދާނެ ކޮންމެ ދަނޑިވަޅެއްގައި އެ ގައުމުން ފަސްނުޖެހޭނެކަން ހާމަކޮށްދޭ ވަރުގަދަ ވާހަކަތަކެވެ.

ޗައިނާގެ ދިފާއީ ސިޔާސަތު ބިނާވެފައިވަނީ އިސްވެ ހަމަލާނުދިނުމުގެ މައްޗަށް ކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، ފުރަތަމަ ހަމަލާ ޗައިނާއިން ނުދޭނެ ކަމަށެވެ. ނަމަވެސް، ދުޝްމަނުންނަށް އޮތް އެންމެ ބޮޑު އިންޒާރަކީ "ދެވަނަ ހަމަލާ ދޭން ޗައިނާއިން ފުރުސަތެއް ނުދޭނެ" ކަމަށް ވިދާޅުވި ވިދާޅުވުމެވެ. މީގެ މާނައަކީ ޗައިނާއަށް ދޭ ކޮންމެ ހަމަލާއަކަށް ދޭ ރައްދު އެއަށްވުރެ މާ ވަރުގަދަވެފައި ނިމުން ގެނުވާފަދަ ހަމަލާއަކަށް ވާނެ ކަމެވެ.

މި ބަޔާނަކީ ފަހަކަށް އައިސް ދެކުނު ޗައިނާ ކަނޑާއި، ޓައިވާން މައްސަލައިގައި އެމެރިކާއިން ދައްކަމުންދާ ބިރުދެއްކުންތަކަށް ޖެހިލުމެއް ނެތި ޗައިނާއިން ދިން ރައްދެކެވެ. ޗައިނާގެ އަސްކަރީ އަދި އިގްތިސާދީ ގާބިލުކަން މިއަދު އޮތީ ދުނިޔޭގެ އެއްވެސް ބާރަކަށް ގުޑުވާލެވޭނެ ފަދަ ހާލަތެއްގައި ނޫންކަން މި ވާހަކަތަކުން ސާފުވެއެވެ.

މި ސަރަހައްދުގެ މަސްލަހަތު ރައްކާތެރިކުރުމުގައި ޗައިނާއިން ގެންގުޅޭ ހަރުދަނާ އުސޫލުތަކަށް ބަލާއިރު، އެމެރިކާގެ ނުފޫޒު ފެތުރުމަށް ކުރާ މަސައްކަތްތަކުގެ ކުރިމަތީގައި ޗައިނާ ކުޑަކަކޫ ނުޖަހާނެކަން މިހާރު ވަނީ މުޅި ދުނިޔެއަށް ސާބިތުކޮށްދީފައެވެ. ޑރ. ގާއޯގެ މި ވާހަކަތަކަކީ އެމެރިކާގެ ބޮޑާކަމާއި ކިބުރުވެރިކަމަށް ދެވުނު ވަރުގަދަ ތަމްސީލީ "ޗެކްމޭޓް" އެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved