May 19, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ސްޓްރޭޓް އޮފް ހޮރްމުޒަށް ސިފައިން ފޮނުވަން ޓްރަމްޕް އެދިވަޑައިގަތުމުން ޗައިނާއިން އެކަމަށް ދެކޮޅު ހަދައިފި

Aiminath Sarah
އައިމިނަތް ސާރާ
May 15, 2026, 12:16 AM
މާލެ ސިޓީ

ސްޓްރޭޓް އޮފް ހޮރްމުޒްގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަކައި އެ ސަރަހައްދަށް ސިފައިން ފޮނުވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެދިވަޑައިގަތް އެދިވަޑައިގަތުމަށް ޗައިނާއިން ރަސްމީކޮށް ދެކޮޅު ހަދައިފިއެވެ. ޗައިނާއިން މިކަން ހާމަކޮށްފައިވަނީ އެމެރިކާގެ ރައީސް ޗައިނާއަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިންނެވެ.

Advertisement

ޗައިނާ ސަރުކާރުން ބުނެފައިވަނީ ސްޓްރޭޓް އޮފް ހޮރްމޫޒް އަކީ ބައިނަލްއަގްވާމީ މަގެއް ކަމަށާއި، އެތަނުގެ މިނިވަންކަމަށް ހުރަސްއެޅުމުގެ ހައްގު ބޭރުގެ އެއްވެސް ބާރަކަށް ލިބިގެން ނުވާ ކަމަށެވެ. އަދި އެ ސަރަހައްދުގެ މަސްލަހަތު ހިމާޔަތް ކުރުމުގައި އީރާނުގެ ސިޔާދަތީ ހައްގުތަކަށް ފުރިހަމައަށް އިހުތިރާމް ކުރަންޖެހޭނެ ކަމަށްވެސް ޗައިނާއިން ވަނީ ބުނެފައެވެ.

މި މައްސަލައިގައި ޓްރަމްޕް ބޭނުންފުޅުވަނީ ބައިނަލްއަގްވާމީ ކޯލިޝަނެއްގެ ދަށުން އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށެވެ. ނަމަވެސް ޗައިނާއިން ދެކޭގޮތުގައި ބޭރުގެ ސިފައިން އެ ސަރަހައްދަށް ޖަމާވުމަކީ މަސްލަހަތު އިތުރަށް ގޯސްވެ، ހަމަނުޖެހުމަކަށް މަގުފަހިވެދާނެ ކަމެކެވެ.

ރައީސް ޓްރަމްޕް ޗައިނާއަށް ކުރައްވާ މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުންތަކާއި، ސަރަހައްދީ ސަލާމަތާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރިއަށްދާނެއެވެ. ޚާއްސަކޮށް މެދުއިރުމަތީގެ ހަމަޖެހުމާއި ހަކަތައިގެ ރައްކާތެރިކަމާ ގުޅޭގޮތުން ދެ ގައުމުގެ ލީޑަރުންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް ހުރިކަން މި ބައްދަލުވުންތަކުން ވަނީ ހާމަވެފައެވެ.

މި ބައްދަލުވުންތަކަށްފަހު ޗައިނާއިން އަނެއްކާވެސް ތަކުރާރުކޮށް ބުނެފައިވަނީ، ކޮންމެ ނިންމުމެއް ނިންމި ކަމުގައިވިޔަސް ބައިނަލްއަގްވާމީ ގާނޫނުތަކާއި އުސޫލުތަކުގެ ތެރެއިން ކަންކަން ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެއް ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved