May 12, 2026
Advertisement
.
. / ސޯޝަލް މީޑިއާ

ނޫސްވެރިކަން ކުށަކަށް ހެދުން ހުއްޓާލާ: ސީޕީޖޭ

Yana Shareef
ޔާނާ ޝަރީފް
May 11, 2026, 08:01 PM

ބައިނަލްއަގުވާމީ ނޫސްވެރިންގެ ޖަމިއްޔާ، ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ވެސް 'އަދަދު' ނޫހުގެ ނޫސްވެރިންނަށް ކުރާ ދައުވާތައް އަނބުރާ ގެންދިއުމަށް ގޮވާލައި، ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

Advertisement

އެ ޖަމިއްޔާއިން ބުނީ 'އަދަދު' ނޫހުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާއާއި މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ޖިނާއީ ދައުވާތައް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަގުތުން ދޫކޮށްލަން ޖެހޭ ކަމަށެވެ. ނޫސްވެރިކަމުގެ މަސައްކަތްތައް ކުށަކަށް ހެދުމަކީ ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން ޒިންމާދާރުކުރުވުމަށް އޮތް ވަރަށް ބޮޑު ނުރައްކަލެއްގެ ގޮތުގައި ސީޕީޖޭއިން ވަނީ ސިފަކޮށްފައެވެ.

މީގެ އިތުރުން، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުވާލު ކުރުމުން ނޫސްވެރިޔާ މުހައްމަދު ޝަހުޒާން އެ ބައްދަލުވުމުން ބޭރުކޮށްލި މައްސަލަ ވެސް ސީޕީޖޭއިން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އެ ޖަމިއްޔާއިން ފާހަގަކުރި ގޮތުގައި، ނޫސްވެރިންނަކީ އެއްވެސް ބިރުވެރިކަމެއް ނެތި އަދި ވަކި ބަޔަކު އިސްތިސްނާކުރުމެއް ނެތި ސުވާލުކުރުމުގެ ފުރުސަތު އޮންނަންޖެހޭ ބައެކެވެ. މިފަދަ އަމަލުތަކަކީ ނޫސްވެރިންގެ މަސައްކަތަށް ހުރަސްއެޅުން ކަމަށް ބުނެ، ނޫސްވެރިކަމުގެ މާހައުލު ރައްކާތެރިކުރުމަށް އެ ޖަމިއްޔާއިން ވަނީ ރާއްޖޭގެ ކަމާބެހޭ ފަރާތްތަކަށް ބާރުއަޅާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved