
ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ސިލްސިލާ ގޮތެއްގައި ކުރަމުން އަންނަ މުޒާހަރައިގެ ތެރެއިން އަންގާރަ ދުވަހު އެ ޕާޓީގެ އާންމު ތިން މެމްބަރަކު ހައްޔަރުކޮށްފިއެވެ.
އެގޮތުން ހައްޔަރުކޮށްފައި ވަނީ ޑރ.އަބްދުބްاّلله އިބްރާހިމް، އިރުޝާދު (އިރޭ) އަދި ފުތިހާ (ފުތީ) ކަމަށް ޕީއެންއެފް އިން މައުލޫމާތު ދެއެވެ.
މީގެއިތުރުން މުޒާހަރާގައި ގެންގުޅުނު ޕިކަޕުވެސް ފުލުހުން ވަނީ ގެންގޮސްފައެވެ.
ޕީއެންއެފްގެ ސަޕޯޓަރުންގެ ފަރާތުން މައުލޫމާތު ދީފައިވާ ގޮތުގައި، ޕިކަޕްގެ އިތުރުން ވެސް ބައެއް ސާމާނު ވަނީ ގެންގޮސްފައެވެ.




