May 15, 2026
Advertisement
.
.

މުޒާހަރާއިން ހައްޔަރުކުރި ތިން މީހަކަށް ބަންދުގެ މުއްދަތު ޖަހައިފި

Yana Shareef
ޔާނާ ޝަރީފް
May 14, 2026, 08:58 PM

ނޫސްވެރިކަމުގެ މިނިވަންކަމަށް ގޮވާލައި ރޭ މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ތެރެއިން ހަތް މީހަކު ދޫކޮށްލައި، ތިން މީހެއްގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްފިއެވެ.

Advertisement

އެމްޑީޕީގެ ގާނޫނީ ޓީމުން މައުލޫމާތު ދީފައިވާ ގޮތުގައި، ބަންދުގެ މުއްދަތު އިތުރުކުރި މީހުންގެ ތެރޭގައި ސޯޝަލް މީޑިއާ އެކްޓިވިސްޓް ޝައްމޫން ޖަލީލް (ލޫކަސް) ހިމެނެއެވެ.

އޭނާގެ ބަންދަށް ކޯޓުން ވަނީ 10 ދުވަސް އިތުރުކޮށްދީފައެވެ. މީގެ އިތުރުން، ދެން ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކަށް ފަސް ދުވަސް އަދި އިތުރު މީހެއްގެ ބަންދަށް ތިން ދުވަސް ކޯޓުން އިތުރުކޮށްފައެވެ.

ރޭގެ މުޒާހަރާގެ ތެރެއިން ފުލުހުން ޖުމްލަ 7 ފިރިހެނުންނާއި 2 އަންހެނުން ހައްޔަރުކުރިއެވެ. އޭގެ ތެރޭގައި އަލީ ޖުމާން، ޝުޖާއު އަފީފް، އަލީ މުޝައްފައު، އާމިނަތު މުނާ، އަހްމަދު ރަމީޒް، އާމިނާ މަނިކެ، އަބްދުއްލޯ ޝަރީފް، އަދި އަހުމަދު ޝަފީގް (މީމު ސައްޕެ) ހިމެނޭ ކަމަށް އެމްޑީޕީގެ ގާނޫނީ ޓީމުން ބުނެފައިވެއެވެ.

މި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އެއްވުން ކޮންޓްރޯލްކޮށް އަމަންއަމާންކަން ގާއިމުކުރުމަށް ފުލުހުން ކުރަމުންދިޔަ މަސައްކަތަށް ހުރަސްއަޅައި، ފުލުހުންގެ ގާނޫނީ އަމުރަށް ނުކިޔަމަންތެރިވުމާ ގުޅިގެންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved