theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ފެނަކަ ކުރީގެ އެމްޑީ ސައީދު، ހާޓު އެޓޭކެއް ޖެހި ސީރިއަސް ހާލަތުގައި / ކޯޕަރޭޓް މޯލްޑިވްސް
ހަބަރު
ފެނަކައިގެ ކުރީ އެމްޑީއަށް ހާޓް އެޓޭކެއް ޖެހި ސީރިއަސް ހާލަތުގައި!
Mariyam Isaadha
މަރިޔަމް އިސާދާ
13 ޖުލައި 2024
މާލެ ސިޓީ

ފެނަކައިގެ ކުރީ އެމްޑީ އަހުމަދު ސައީދަށް ހާޓް އެޓޭކެއް ޖެހި ފަރުވާދޭން ފަށައިފިއެވެ.

ތޭރަ އޮންލައިނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ނިމިދިޔަ ސަރުކާރުގައި ފެނަކައިގެ އެމްޑީކަން ކުރެއްވި ސައީދު މިވަގުތު އޮންނެވީ އިންޑިއާގެ ހަސްފަތާލެއްގެ އައިސީޔޫގައެވެ. އޭނާގެ ހާލު މިވަގުތު ސީރިއަސްއިރު އޭނާގެ ހާލު ގޯސްވީ ލަންކާގައި ފަރުވާ ހޯދަމުން ގެންދަނިކޮށް ކަމަށް ތޭރަ އޮންލައިނަށް ވަނީ މައުލޫމާތު ލިބިފައެވެ.

ސައީދަށް ޖެހުނީ ކިހާވަރެއްގެ ހާޓް އެޓޭކެއްކަމެއް، ނަމަވެސް ސާފުވާ ގޮތެއް އަދިނުވެއެވެ.

ސައީދަށް ހާޓް އެޓޭކެއް ޖެހުނީ އަޟްހާ އީދު ބަންދު ތެރޭގައި އާއިލާއެކު ޗުއްޓީ ހޭދަކުރަން އުޅެނިކޮށް ކަމަށް ވެސް ތޭރަ އޮންލައިނަށް މައުލޫމާތު ލިބިފައިވެއެވެ.

ސައީދު ފެނަކައިގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވީ 2018ގެ ޑީެންބަރު 16 ވަނަ ދުވަހުން ފެށިގެން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ދުވަހުގެ ނިޔަލަށެވެ.

ތޭރަ އޮންލައިންގެ މެނޭޖްމަންޓުގެ ނަމުގައި ސައީދަށް އަވަސް ޝިފާއަކަށް އެދެމެވެ.

ކޮމެންޓު
ކޮމެންޓްތައް
Zaayaa
15 ޖުލައި 2024, 19:05
Ava's shifaa eh minvaru kurah vaashi 😭😭😭🤲🤲🤲
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved