މިނިވަން ދުވަހާ ދިމާކޮށް ޕޮއިސްގެ ފަރާތުން ބޭއްވި ޚާއްސަ ޙަރަކާތް ކާމިޔާބުކަމާ އެކު ނިންމާލައިފިއެވެ.
ޕޮއިސްގެ ފަރާތުން ހާމަކޮށްފައިވާ ގޮތުގައި، "އޭން އިވްނިންގ ވިތް ޕޮއިސް ޕާރފިއުމްސް"ގެ ނަމުގައި ހުކުރު އަދި ހޮނިހިރު ދުވަހުގެ ހަވީރު 4:10 އިން 6:00 އަށް އަދި ރޭގަނޑު 8:30 އިން 10:30 އަށް ކުރިއަށް ދިޔަ އިވެންޓަށް ރައްޔިތުންގެ ބޮޑު ތަރުހީބެއްވަނީ ލިބިގެން ގޮސްފައެވެ. ފޯރިގަދަ އެތައް ހަރަކާތްތަކެއް ކުރިއަށްދިޔަ އެ އިވެންޓު އޮންތީ އާޓިފިޝަލް ބީޗުގައެވެ.
ޕޮއިސް އިން ބުނީ، މި ހާއްސަ އިވެންޓްގެ މަގްސަދަކީ ޕޮއިސްގެ ބްރޭންޑްތައް އެއްތަނަކުން ބަލާލުމުގެ ފުރުސަތު ޕޮއިސްގެ ރީޓެއިލް އަދި ހޯލްސޭލް ކަސްޓަމަރުންނަށް ހޯދައިދީ ތަޖްރިބާ ކޮށްލުމުގެ ފުރުސަތު ދިނުމާއި ހަމާއެއާއެކު، ޕޮއިސްގެ ކަސްޓަމަރުންނާއިއެކު އެއްތަނަކުން ބައްދަލުވެ، ހިތްފަސޭހަ ވަގުތުކޮޅެއް ހޭދަކޮށްލުމުގެ މަޤްޞަދުގައި ކަމަށެވެ.
މި ހަވީރުގައި ޕޮއިސްގެ މައިގަނޑު 12 ބްރޭންޑެއް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ހުޅުވާލިއެވެ. އެގޮތުން އެ ބްރޭންޑްތަކަށް ހާއްސަކޮށް 12 ސްޓޯލް ތައްޔާރުކޮށްފައި ހުރިއިރު އެއްތަނަކުން މި ބްރޭންޑްތަކުގެ ސެންޓުތަކުގެ ވަސްބަލާލައި ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިގެން ގޮސްފައިވެއެވެ. އަދި އެއިން ޕާރފިއުމެއް ބައްލަވައިގެންނެވި ކޮންމެ ބޭފުޅަކަށް ބައްލަވައިގަތް ކޮންމެ ސެންޓު ފުޅިއަކަށް ކޫޕަނެއް ލިބި ގުރުއަތުން ހޮވޭ ފަރާތަށް ސެމްސަންގ އެސް 23 ފޯނެއް ލިބުމުގެ ފުރުސަތު ލިބިެން ގޮސްފައިވެއެވެ.
މި އިވެންޓްގެ ތެރެއިން ކުޑަކުދިންގެ ހާއްސަ ބްރޭންޑެއް ކަމަށްވާ ކިޑްސް ފެންޓަސީ ބްރޭންޑްގެ ސެންޓާއި ކުޑަކުދިންނާއި ގުޅޭ ގިނަ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ކުޅިވަރުގައި ބައިވެރިވެ ހަދިޔާ ހޯދުމުގެ ފުރުސަތު ވެސް އޮތެއެވެ.
މީގެ އިތުރުން ބޮޑެތި އުމުރު ފުރާތަކަށް ހާއްސަ ސެންޓުވެސް ސްޓޯލްތަކުން ވަސް ބަލައިލުމުގެ ފުރުސަތު ލިބިގެންދިޔައިރު، އެކި އުމުރު ފުރާތަކަށް ހާއްސަކޮށް ކުޅިވަރުގެ ހަރަކާތްތައް ރޭވިފައި ހުއްޓެވެއެވެ. އަދި އެ ހަރަކާތަށް ޒިޔާރަތްކޮށް، ހަރަކާތްތަކުގައި ބައިވެރިވެގެން ވައުޗަރާއި ހަދިޔާވެސް ހޯދުމުގެ ފުރުސަތު ލިބިގެން ދިޔައެވެ.
ހަމަ އެހެންމެ ޕޮއިސްގެ ފޭސްބުކް އަދި އިންސްޓަރގްރާމް ޕޭޖްތައް ލައިކް އަދި ސެއަރ ކޮށްގެން ގުރުއަތުން ހޮވޭ ފަރާތަށް އަގުހުރި ހަދިޔާޕެކެއްވެސް މި ހަރަކާތުގެ ތެރެއިން ލިބިގެންދާނެ ކަން ފާހަގަކޮށްލެވެއެވެ.
މާލެ ސަރަހައްދުގައި ފުޅާ ދާއިރާއެއްގައި ސެންޓާއި ބޮޑީ ސްޕްރޭ އަދި ކޮސްމެޓިކްސްއާ ގުޅުން ހުރި އެތައް ޕްރޮޑަކްޓެއް ވިއްކަމުން އަންނަ ޕޮއިސްއަކީ ދިވެހިންނާއި ގުޅޭ އެތައް ބްރޭންޑެއްގެ ކޮސްމެޓިކްސް ގެނެސް ވިއްކަމުން އަންނަ ދިވެހިންގެ ބޮޑު އިތުބާރެއް ހޯދާފައިވާ ކުންފުންޏެކެވެ.