theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ޕޮއިސް ޖެނެރަލް / ޕީއެސްއެމް
ވިޔަފާރި
ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ "ޕޮއިސް"އިން ހޯލް ސޭލް ސެންޓަރެއް ހުޅުވައިފި
Mariyam Ibrahim
މަރިޔަމް އިބްރާހިމް
17 ޖޫން 2025
މާލެ ސިޓީ

ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ "ޕޮއިސް"އިން ހޯލް ސޭލް ސެންޓަރެއް ހުޅުވައިފިއެވެ.

ދުނިޔޭގެ ނަން މަޝްހޫރު ކޮލެޓީ ބްރޭންޑްތަކުގެ ޕާފިއުމްސް އަދި ކޮސްމެޓިކްސް އާއި މޭކަޕްގެ ގިނަ ވައްތަރުތަކެއް ރާއްޖެ އެތެރެކޮށް، މާކެޓްކޮށް ޑިސްޓްރިބިއުޓް ކުރުމުގަައި ގިނަ ބަޔަކު ދަންނަ ޕޮއިސް ޕާފިއުމްސްއިން އެ ކުންފުނީގެ ހޯލްސޭލް ސެންޓަރު "ޕޮއިސް ޖެނެރަލް ޓްރޭޑިންގ" ހުޅުވާފައިވަނީ، ރަށްދެބައި މަގުގައި، މަސްޖިދުލް ޔޫސުފް ބަރުބަރީ މިސްކިތް ކައިރީގައެވެ.

ރޭ ހުޅުވި ޕޮއިސް ޖެނެރަލް ފިހާރައާއި ގުޅިގެން ޗެނަލް ތޭރައަށް ޕޮއިސްގެ ސޭލްސް އެންޑް މާކެޓިން އެގްޒެކްޓިވް އަބްދުﷲ ހުޝާމް ވިދާޅުވެފައިވަނީ ކަސްޓަމަރުންގެ އިތުބާރާއި ޔަޤީންކަމާއިއެކު ފިހާރައަށް އިތުރު ބްރޭންޑްތައް އިތުރުކުރެވިފައިކަމަށެވެ. އެގޮތުން ފްރެގްރެންސްގެ އިތުރުން އެކި ކަހަލަ މަޝްހޫރު ކޮސްމެޓިކްސް އާއި މޭކަޕް ޕްރޮޑަކްޓްސް ތައް އިތުރުކުރެވިފައިވާއިރު އޭގެތެރޭގައި އަރުމާފް ބިއުޓީ އަދި ޓޮޕްފޭސް ފާހަގަކޮށްލެވެއެވެ.

ހުޝާމް ވިދާޅުވި ގޮތުގައި، ސެންޓަރު ހާއްސަވާ އެއް ސަބަބަކީ މި ފްރޮޑަކްޓްތައް މާލެ އެކޭ އެއް އަގެއްގައި ރާޢްޖެ ތެރޭގެ ހުރިހައި ފިހާރަ ތަކަކުން ވެސް ލިބޭނެ އިންތިޒާމް ހަމަޖައްސައި ދިނުން ކަމަށެވެ. އަދި މި ފިހާރައިން ދޭ ހިދުމަތްތައް އިތުރަށް ރަނގަޅުކޮށް ގިނަ ޕްރޮޑަކްޓްތަކެއް ކުރިއަށް އޮތްތަނުގައި ލިބޭނެ އިންތިޒާމް ހަމަޖެހިގެން ދާނެ ކަމަށްވެސް ހުޝާމް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ގޭތެރެ ސާފުކުރުމަށް ބޭނުން ކުރާ އެކި ކަހަލަ މީރުވަސްދުވާ ތުރުކީގެ މަޝްހޫރު ސިރު ބްރޭންޑްގެ ކްލީނިން ޕްރޮޑަކްޓް ތަކާއި އަދި ސިރު ބަޔޯގެ ނަމުގައި ތައާރަފްކޮށްފައިވާ ކެމިކަލް ލެސް ކްލީނާ ވެސް ވަނީ ތައާރަފްކޮށްފައެވެ.

ހަމަ އެހެންމެ އްތު ކުދިންގެ ހަންގަޑާއި ގުޅޭ ސްލީޕީ ބްރޭންޑްގެ ކޮލެޓީ ރަނގަޅު ކޮޓަން ނެޕީވެސް މި ފިހާރައިން ލިބެން ހުންނާނެއެވެ.

ޕޮއިސް ފިހާރައިން ވިޔަފާރި ކުރާ ފަރާތްތަކަށް އޮންލައިންކޮށް އޯޑަރ ކޮށްލެވޭއިރު ބޯޓު ތަކަށްވެސް ޑެލިވަރީ ކޮށްދިނުމުގެ އިންތިޒާމު ޕޮއިސްގެ ފަރާތުން ވަނީ ހަމަޖައްސާފައެވެ.


ޕޮއިސް ޕާފިއުމްސްއަކީ 2008 އިން ފެށިގެން، ވަރަށް ގިނަ ބަޔަކަށް ކަމުދާ ޕާފިއުމްސްގެ ބާވަތްތަކާއި ފްރެގްރެންސްގެ ބާވަތްތަކަށް ހެޔޮ އަގެއްގައި ފޯރުކޮށްދެމުން އަންނަ ބައެކެވެ. ޕޮއިސް ޕާފިއުމްސް އިން ވަނީ ރާއްޖެއަށް އެތައް ވައްތަރެއްގެ ޕާފިއުމްސް އާއި މި ނޫނަސް ފްރެގްރެންސްގެ ގިނަ ބާވްވަތަކެއް އެތެރެކޮށް ވިއްކަން ފަށައިފައެވެ.

މީގެ ކުރިން ޕޮއިސް ޕާފިއުމްސްގެ ހޯލްސޭލް ސެންޓަރު ހިންގަމުން ގޮސްފައި ވަނީ މަޖީދީ މަގުގައި ހުންނަ ޕޮއިސް ޕާފިއުމްސްގެ ފިހާރައިގައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved